Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިއަހަރު ރާއްޖެ އައި ދެ މިލިއަން ވަނަ ފަތުރުވެރިޔަކީ އިނގިރޭސީވިލާތުގެ ސާރާ، އޭނާ އައީ ހަނީމޫން އަށް

މިއަހަރު ރާއްޖެ އައި ދެ މިލިއަން ވަނަ ފަތުރުވެރިޔަކީ އިނގިރޭސީވިލާތުގެ ސާރާ، އޭނާ އައީ ހަނީމޫން އަށް

އައިޝަތު ރުވާ ރިފްޢަތު
195 ދުވަސް ކުރިން - 27 ނޮވެންބަރު 2025 23:10
ދެ މިލިއަން ވަނަ ފަތުރުވެރިޔާ އިނގިރޭސީ ވިލާތުގެ ސާރާ---ފޮޓޯ: ވެލާނާ އެއާޕޯޓް
ދެ މިލިއަން ވަނަ ފަތުރުވެރިޔާ އިނގިރޭސީ ވިލާތުގެ ސާރާ---ފޮޓޯ: ވެލާނާ އެއާޕޯޓް
ޚުލާސާ

މިދިޔަ އަހަރު މި އަދަދު ހަމަވެފައިވަނީ ޑިސެމްބަރު 26 ވަނަ ދުވަހު. ސަރުކާރުން އަމާޒު ހިފާފައިވާ އަދަދަށް މިއަަހރު ފަތުރުވެރިން އަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ

ރާއްޖެ އަށް ދެ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ޒިޔާރަތްކޮށްފި އެވެ. އިނގިރޭސީ ވިލާތުގެ އުމުރުން 30 އަހަރުގެ ބެތާނީ ސާރާ ކާސްވެލް މިއަދު ރާއްޖެ އައިސްފައިވަނީ އެގައުމުގެ އެއާލައިން ކަމަށްވާ ވާޖިން އެޓަލާންޓިކުން މިއަދު ހެނދުނު 10:57 ހާއިރު އެވެ.

ސާރާ ރާއްޖެ އައުމާއެކު ވިޒިޓް މޯލްޑިވްސްގެ ފަރާތުން އޭނާ އަށް ވަނީ ބޮޑުބެރުގެ ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ކިޔާފަ އެވެ. ސާރާ އާއި އޭނާގެ ފިރިމީހާއާ އެކު ރާއްޖެ އައިސްފައިވަނީ އެ ދެމީހުންގެ ހަނީ މޫންއަށެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން ވަނީ ސާރާ އަށް ހަދިޔާއެއްގެ ގޮތުގައި ސްޓޭންޑަޑް މޯލްޑިވްސް ރިސޯޓުން ހަފްތާއެއްގެ ޗުއްޓީއެއް ވެސް ދީފަ އެވެ. މި ދެ ލޯބިވެރިން ރާއްޖެ އައިސް ހަނީމޫން ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ މާފުށިވަރު ރިސޯޓުގަ އެވެ.

މިއަހަރުގެ މިހާތަނަށް އިނގިރޭސީވިލާތުން ރާއްޖެއަށް 177،900 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން އަންނަ ގައުމެވެ. އެންމެ ގިނައިން މި އަހަރުވެސް އައިސްފައިވަނީ ޗައިނާ އިންނެވެ. މިހާތަނަށް ޗައިނާއިން 309،300 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ދެވަނައިގައި ރަޝިއާ އޮތީ 250،000 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު އެވެ.

Advertisement

Advertisement 1

މިދިޔަ އަހަރު މުޅި ޖުމްލަ 2.04 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު 2023 ވަނަ އަހަރު އައިސްފައިވަނީ 1.87 މިލިއަން ފަތުރުވެރިންނެވެ. މިއަހަރު އެވަރެޖްކޮށް 6،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ.

ރާއްޖޭގެ ބެޑް ކެޕޭސިޓީ މިވަގުތު އުޅެނީ 63،093 ގަ އެވެ. އޭގެ ތެރެއިން 44،323 އަކީ ރިސޯޓް ބެޑް ކެޕޭސިޓީ އެވެ. އަދި 16،172 ގެސްޓްހައުސްއަށް ދާއިރު ބާކީ 2،598 އަކީ ހޮޓެލް ބެޑްސް އެވެ.

ސަރުކާރުގެ އަމާޒު ކަމަށްވާ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް މިހާރު މިވަނީ ވަރަށް ބޮޑަށް ޔަގީންވެފަ އެވެ. ސަރުކާރުގެ އަންނަ އަހަރުގެ އަންދާޒާ އަކީ 2.4 މިލިއަން ފަތުރުވެރިންނެވެ.

ފަތުރުވެރިކަންވިޒިޓް މޯލްޑިވްސްމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

21 ދުވަސް ކުރިން - 13:57

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

25 ދުވަސް ކުރިން - 16:15

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

26 ދުވަސް ކުރިން - 10:19

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

36 ދުވަސް ކުރިން - 14:59

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

37 ދުވަސް ކުރިން - 21:06

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަންފަށައިފި

39 ދުވަސް ކުރިން - 13:26