Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުމަށް ވިޒިޓް މޯލްޑިވްސް އިން ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދަނީ

ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުމަށް ވިޒިޓް މޯލްޑިވްސް އިން ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދަނީ

އައިޝަތު ރުވާ ރިފްޢަތު
197 ދުވަސް ކުރިން - 25 ނޮވެންބަރު 2025 18:30
ފޮޓޯ: ވިޒިޓް މޯލްޑިވްސް
ފޮޓޯ: ވިޒިޓް މޯލްޑިވްސް
ޚުލާސާ

މީގެ އެންމެ މުހިންމު ބޭނުމަކީ ވިޒިޓް މޯލްޑިވްސް އަށް އިރުޝާދު ދޭނެ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލުން.

ރާޢްޖޭގެ ފަތުރުވެރިކަން ސިނާއަތް އިތުރަށް ވަރުގަދަ ކުރުމުުގެ އަޒުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އެ ސިނާއަތުގައި ހަރަކާތްތެރުވާ ފަރާތްތަކަށް އަމާޒުކޮށްގެން އެންގޭޖްމެންޓް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މި ސެޝަންތަކުގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސީދާ ބައިވެރިވުމާއެކު ކުރިއަށް ރާވާ ހިންގުމަށް ކަނޑައަޅާ މަސައްކަތްތަކާއި ކެމްޕޭނުތަކާއި އަމާޒުތައް ބައްޓަންކުރުމެވެ.

މި ސެޝަންތައް ކުރިއަށް އޮތް ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާއިރު މީގެ ސަބަބުން މި ސިނާއަތުގެ ހިއްސާދަރުންނާއި ބައިވެރިން އަދި ތަޖުރިބާކާރުންގެ މެދުގައި މުހިންމު އެތަކެއް މަޝްވަރާތަކެއް ކުރެވި ކުރިއަށް އޮތް އަހަރުގައި ރާއްޖެ އިޝްތިހާރުކުރުމުގައި ސިނާއަތުގެ ބައިވެރިންގެ ލަފާތައް އެއްކުރެވި ކަންކަން ރޭވުމަށް ފަސޭހަވެ މަގުފަހިވެގެންދާނެ އެވެ.

Advertisement

Advertisement 1

މިފަދަ އެންގޭޖްމެންޓް ސެޝަންތައް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ މުހިންމު ކަންކަން ނިންމުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް އިރުޝާދު ދޭނެ އެޑްވައިޒަރީ ބޯޑެއް ނުވަތަ ކޮމިޓީއެއް އެކުލަވާލުމެވެ. މި ކޮމެޓީން ޑިޖިޓަލް ޓްރާންސްފޮމޭޝަންތަކާއި، މާކެޓިން އަދި ތަފާސް ހިސާބުގެ އަލީގައި ކަންކަން ނިންމުމާއި ފަތުރުވެރިކަމުގެ ސިނާއަތުގެ މާކެޓް ފުޅާކޮށް ސިންދަފާތުކުރުމުގރ އިތުރުން އުފެއްދުންދެރިކަން އިތުރުކުރުން ފަދަ ކަންކަމުގައި މި ކޯޕަރޭޝަނަށް ލަފާދޭނެ އެވެ.

މި ކޯޕަރޭޝަނުން އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން ބައިވެރިކޮށް އަންނަ އަހަރުގެ ކުއާޓާތައް މުރާޖާކުރުމަށް ހާއްސަ ސެޝަންތަކެއް އިންތިޒާމުކުރުމަށް ވެސް ރާވަމުންނެވެ. މީގެ ސަބަބުން މެންބަރުންގެ ބައިވެރިވުން އިތުރުވެ، ހުޅުވާލެވިގެން ހިޔާލުތައް ދެވޭނެ ފުރުސަތު ފަހިވާނެ އެވެ.

މި ސެޝަންތަކުގައި ބައިވެރިވުމަށް އެދޭ ފޯމު ތިރީގައި އެވަނީ އެވެ.

https://shorturl.at/SxJfO

ވިޒިޓް މޯލްޑިވްސްފަތުރުވެރިކަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

21 ދުވަސް ކުރިން - 13:57

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

25 ދުވަސް ކުރިން - 16:15

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

26 ދުވަސް ކުރިން - 10:19

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

36 ދުވަސް ކުރިން - 14:59

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

37 ދުވަސް ކުރިން - 21:06

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަންފަށައިފި

39 ދުވަސް ކުރިން - 13:26