Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މި މަސް ނިމުމުގެ ކުރިން ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ހަމަވާނެ

މި މަސް ނިމުމުގެ ކުރިން ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ހަމަވާނެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
280 ދުވަސް ކުރިން - 24 ނޮވެންބަރު 2025 15:54
ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސް ތިބި ފަތުރުވެރިންތަކެއް. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,969,726 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ--- ފޮޓޯ: އިންޓަނެޓް
ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސް ތިބި ފަތުރުވެރިންތަކެއް. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,969,726 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

މި މަސް ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ހަމަކުރުމަށް ބާކީ ދެން ބޭނުންވާނީ 30،274 ފަތުރުވެރިން

ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދަށް ބަލާއިރު މި ހިނގާ ނޮވެމްބަރު މަސް ނިމުމުގެ ކުރިން، ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ހަމަވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެގެ ނިޔަލަށް ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,969,726 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެހެންކަމުން ދެމިލިއަން ފަތުރުވެރިން ހަމަކުރުމަށް ދެން ބޭނުންވާނީ ބާކީ 30,274 ފަތުރުވެރިންނެވެ. ރާއްޖެއަށް މިހާރު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދަށް ބަލާއިރު މި އަދަދު މި މަސް ނިމުމުގެ ކުރިން ހަމަކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,790,268 ފަތުރުވެރިންނެވެ. މިއީ 179,458 ޓޫރިސްޓުން އިތުރުވުމެކެވެ. މިހާރު ރާއްޖެއަށް އެވްރެޖު ގޮތެއްގައި ޒިޔާރަތްކުރަނީ 6,042 ފަތުރުވެރިންނެވެ.

Advertisement

Advertisement 1

މި މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. ޗައިނާއިން 307,722 ފަތުރުވެރިން ރާއްޖެއާށް ޒިޔާރަތްކޮށްފައިވެ އެވެ. ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިޔާ އެވެ. ރަޝިޔާއިން 248,308 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ތިންވަނައިގައި އޮތީ އިނގިރޭސި ވިލާތެވެ. އެ ގައުމުން 175،874 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

5 ގަޑިއިރު ކުރިން - 14:46

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

3 ދުވަސް ކުރިން - 11:46

ޓޫރިޒަމް މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރަން އުޅޭތީ ޓީއީއޭއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

ޓޫރިޒަމް މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދިނުމާ ދެކޮޅަށް ޓީއީއޭްއެމްއިން އިހުތިޖާޛުކޮށްފި

5 ދުވަސް ކުރިން - 16:41

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

6 ދުވަސް ކުރިން - 14:38

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

8 ދުވަސް ކުރިން - 17:46

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

9 ދުވަސް ކުރިން - 21:15