Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލީކު: ހިފެހެއްޓި ރަޝިޔާގެ ފައިސާއިން ބޮޑުބައި އެމެރިކާ އަށް ލިބޭ ގޮތަށް ސައްލާ ކޮށްފި

ލީކު: ހިފެހެއްޓި ރަޝިޔާގެ ފައިސާއިން ބޮޑުބައި އެމެރިކާ އަށް ލިބޭ ގޮތަށް ސައްލާ ކޮށްފި

ޢަބްދުﷲ ޖުނައިދު
291 ދުވަސް ކުރިން - 22 ނޮވެންބަރު 2025 09:55
ޔުކްރޭނު ހަނގުރާމަ އާއި ގުޅިގެން ފްރީޒް ކޮށްފައިވާ ރަޝިޔާގެ ފައިސާގެ ޢަދަދު 335 ބިލިއަން ޑޮލަރަށް އަރާ.
ޔުކްރޭނު ހަނގުރާމަ އާއި ގުޅިގެން ފްރީޒް ކޮށްފައިވާ ރަޝިޔާގެ ފައިސާގެ ޢަދަދު 335 ބިލިއަން ޑޮލަރަށް އަރާ.
ޚުލާސާ

އެކި ޤައުމުތަކުން ހިފަހައްޓާފައިވާ ރަޝިޔާގެ 335 ބިލިއަނަށް ވުރެ ގިނަ ޑޮލަރުން ޔުކްރޭނު އާރާސްތުކޮށް ފައިދާގެ 50ޕަސަންޓް އެމެރިކާއަށް ލިބޭގޮތަށް ސައްލާކޮށްފި

ޔުކްރޭނު ހަނގުރާމަ އާއި ގުޅިގެން ޔޫރަޕާއި އެމެރިކާގެ އިތުރުން ޖަޕާނުން ހިފަހައްޓާފައިވާ ރަޝިޔާގެ 335 ބިލިއަން ޑޮލަރުގެ ތެރެއިން ޔޫރަޕަށް ހަތިޔާރު ގަތުމަށާއި، އަދި ޔުކްރޭނު އާރާސްތު ކުރުމަށް ނިންމައި، އޭގެތެރެއިން 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓުގެ ފައިދާ އިން ދެބައިކުޅަ އެއްބައި އެމެރިކާ އަށް ލިބޭ ގޮތަށް މަޝްވަރާ ކޮށްފިކަން ލީކު ވެއްޖެއެވެ. ލީކު ވި މަޢުލޫމާތުން އެނގޭ ގޮތުގައި ޔޫރަޕުން ހިފެހެއްޓި ރަޝިޔާގެ ފައިސާއިން ޔުކްރޭނު އާރާސްތު ކުރުމަށް ދޭނީ އެއިން ބައިކުޅަބެއެކެވެ.

އެމެރިކާ އިން ހިފަހައްޓާފައި ވަނީ ރަޝިޔާގެ 5 ބިލިއަނެއްހާ ޑޮލަރެވެ. އެންމެ ގިނައިން ހިފަހައްޓާފައި ވަނީ ބެލްޖިއަމް އިންނެވެ. އެއީ ގާތްގަނޑަކަށް 210 ބިލިއަން ޔޫރޯއެވެ. ޖަޕާނުގެ އަތުގައި ހުރީ ރަޝިޔާގެ ގާތްގަނޑަކަށް 58 ބިލިއަން ޑޮލަރެވެ.

ލީކުވި މަޢުލޫމާތުން އެނގޭ ގޮތުގައި ބެލްޖިއަމް މެދުވެރިވެ ހިފެހެއްޓި ރަޝިޔާގެ ފައިސާއިން މިހާރު ވެސް ޔޫރަޕުން ވަނީ އެމެރިކާ އިން ހަތިޔާރު ގަނެފައެވެ. އަދި ޔުކްރޭނު އާރާސްތު ކުރުމަށް ޔޫރަޕުން ދޭން ނިންމާފައި ވަނީ 100 ބިލިއަން ޑޮލަރެވެ.

Advertisement

Advertisement 1

ރަޝިޔާ-ޔުކްރޭނު ހަނގުރާމަ ހުއްޓާލުމަށްޓަކައި އެމެރިކާ އިން މިހާރު ހަދާފައިވާ ޕްލޭނުގެ ދެލިކޮޕީގެ ބައެއް ވެސް ވަނީ ލީކުވެފައެވެ. މި ދެލިކޮޕީގައި ވެސް ޔޫރަޕާއި އެމެރިކާއިން ހިފަހައްޓާފައިވާ ރަޝިޔާގެ ފައިސާތަކުގެ ތެރެއިން ކުޑަ މިންވަރެއް ޚަރަދުކުރާނީ ޔުކްރޭނު އާރާސްތު ކުރުމަށް ކަމަށް ބުނެފައި ވެއެވެ. އަދި އޭގެތެރެއިން 100 ބިލިއަން ޑޮލަރުގެ 50 ޕަސަންޓުގެ ފައިދާ އެމެރިކާ އަށް ލިބޭނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ. މި ޑްރާފްޓުގައި ވާ ގޮތުން ވެސް ސަތޭކަ ބިލިއަން ޑޮލަރު ޔޫރަޕުން ވެސް އިންވެސްޓް ކުރާނެ ކަމަށް ވެއެވެ.

މީގެ އިތުރުން ޔޫރަޕުން ރާވާފައި ވަނީ ފްރީޒް ކޮށްފައިވާ ރަޝިޔާގެ ފައިސާއިން ހަތިޔާރުތައް ގަނެ ލޯނު އުޞޫލުން ޔުކްރޭނަށް ދިނުމަށެވެ. ނަމަވެސް އެ ހަތިޔާރުތަކަކީ ރަޝިޔާގެ އެންމެ އެތެރެއަށް ފޯރާވަރުގެ ހަތިޔާރެއް ނޫނެވެ.

ޔުކްރޭނުން ބުނަނީ މި ޕްލޭނުގައި ބަޔާންކުރެވިފައިވާ ޢަދަދުތަކުން ވެސް އެ ޤައުމު އާރާސްތެއް ނުކުރެވޭނެ ކަމަށާއި، ޔުކްރެއިން ބިނާކުރުމަށް ޖުމްލަ 524 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ.

ޓްރަމްޕް ބޭނުންވަނީ ބައިޑެންގެ ވެރިކަމުގައި ނޭޓޯ މެދުވެރިވެ ޔުކްރޭނު ލައްވައި ރަޝިޔާ އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށެވެ.

ބެލެވޭ ގޮތުގައި ނޭޓޯއިން މި ހަނގުރާމައަށް ސަޕޯތް ދިނުން ހުއްޓައިލިޔަސް، ޔޫރަޕުން މި ކަމުގައި ދޫދިނުމަކީ ފަސޭހަ ކަމަކަށް ނުވާމެއެވެ. ޚާއްޞަކޮށް ޖަފުމަނާއި ފުރާންސް ފަދަ ބާތުތަކުން ނޭޓޯ އާއި ނުބައްސަވައި ޔުކްރޭނު ލައްވައި ރަޝިޔާ އަށް ޖެއްސުން ކުރުމަށް މަސައްކަތް ކޮށްފާނެއެވެ.

ރަޝިއާ - ޔުކްރޭންއެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ 29 މީހުން ޒަހަމްވެއްޖެ

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ ގިނަބަޔަކު ޒަހަމްވެއްޖެ

5 ގަޑިއިރު ކުރިން - 13:34

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

7 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

4 ދުވަސް ކުރިން - 22:32

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

9 ދުވަސް ކުރިން - 16:37

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07