Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދާރުލް އަރްގަމް ވަގުފް އިމާރާތުގެ ބިންގާ އަޅައިފި

ދާރުލް އަރްގަމް ވަގުފް އިމާރާތުގެ ބިންގާ އަޅައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
284 ދުވަސް ކުރިން - 20 ނޮވެންބަރު 2025 16:39
ދާރުލް އަރްގަމްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް އަދި މިނިސްޓަރު ޝަހީމް. މިއީ ޖުމުލަ 39.4 މިލިއަން ރުފިޔާގެ މަޝްރޫއުއެއް--- ފޮޓޯ: ރައީސް އޮފީސް
ދާރުލް އަރްގަމްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް އަދި މިނިސްޓަރު ޝަހީމް. މިއީ ޖުމުލަ 39.4 މިލިއަން ރުފިޔާގެ މަޝްރޫއުއެއް--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދާރުލް އަރްގަމް ވަގުފް އިމާރާތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނޭކަމަށް އިސްލާމިކް މިނިސްޓްރީން އަންދާޒާކުރޭ

ރާއްޖޭގައި ގާއިމުކުރާ ދެވަނަ ވަގުފް އިމާރާތް، ދާރުލް އަރްގަމްގެ ބިންގާ އަޅައިފި އެވެ.

ދާރުލް އަރްގަމްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު މެންދުރުފަހު ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ)އާއި ހަވާލުކޮށްގެން އިމާރަތްކުރާ މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އާރުސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމެވެ. މި މަޝްރޫއަކީ، ބީއެމްއެލް އިސްލާމިކްގެ އިސްލާމިކް ފައިނޭންސިންގެ ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ، 39.4 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement 1

ޖުމުލަ 12 ފަންގިފިލާ ހިމެނޭ މި އިމާރާތުން އަހަރަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނޭކަމަށް އިސްލާމިކް މިނިސްޓްރީން އަންދާޒާކުރެ އެވެ. މީގެ އިތުރުން ހުޅުމާލޭގައިވެސް ވަގުފް އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލޭ ސަރަހައްދުގެ އިތުރުން ސަރުކާރުން ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވެސް ވަގުފްގެ މަޝްރޫއުތައް ހިންގުމަށް ނިންމައިފަ އެވެ. އެ މަޝްރޫއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ރާއްޖޭގައި ވަގުފް ފަންޑް އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

109 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

113 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

120 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

123 ދުވަސް ކުރިން - 18:00

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

131 ދުވަސް ކުރިން - 12:52