ލީކު: ނޭޓޯ ސައިޒްވެ، ރަޝިޔާ ކުރިމަތީގައި ކުޑަކަކޫ ޖަހަނީ، ދެލިކޮޕީވެސް ތައްޔާރުކޮށްފި!

ޢަބްދުﷲ ޖުނައިދު | 15 ދުވަސް ކުރިން - 20 ނޮވެންބަރު 2025 11:32
ރައީސް ޕޫޓިން: ނޭޓޯއަކަށް އޭނާ ބަލިކުރެވޭ ގޮތެއް ނުވި.
ރައީސް ޕޫޓިން: ނޭޓޯއަކަށް އޭނާ ބަލިކުރެވޭ ގޮތެއް ނުވި.
ޚުލާސާ

ލީކުވެގެން އުޅޭ ދެލިކޮޕީގައި އެމެރިކާއިން ބޭނުންވަނީ ޔުކްރޭނުގެ އަސްކަރިއްޔާގެ ބާރު ދަށްކޮށް، މީހުންގެ ޢަދަދުވެސް މަދުކޮށް، ޑޮންބާސްވެސް ރަޝިޔާއަށް ދިނުމަށް

ރަޝިޔާ އާއި ދެކޮޅަށް ނޭޓޯއިން ޒެލެންސްކީ ލައްވައި ކުރަމުން ގެންދާ ހަނގުރާމައިގައި އެމެރިކާ ފަހަތަށް ޖެހި ހަނގުރާމަ ނިންމާލަން ޒެލެންސްކީ އަށް އެންގުމަށް ޞުލްޙައިގެ ދެލިކޮޕީ އެއް ޑްރާފްޓް ކޮށްފި ކަމަށް ލީކު ވެއްޖެއެވެ.

ލީކުވެގެން އުޅޭ ދެލިކޮޕީ އިން އެނގޭ ގޮތުގައި ނޭޓޮ އަކަށް ރަޝިޔާ އާއި ކުރިމަތިލައިގެން ކާމިޔާބެއް ނުލިބި މުޅި ޔޫރަޕް ހަނގުރާމައިގެ ތެރެއަށް ވެއްޓި ޔޫރަޕް ފުނޑޭނެތީވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޒެލެންސްކީގެ ލަޝްކަރަށް ދެމުންދާ އެހީތައް ވެސް މަދުކޮށް، އަދި ޔުކްރޭނުގެ ބިމުން ރަޝިޔާގެ ސިފައިން ހިފާފައިވާ ޑޮންބާސް ވެސް ރަޝިޔާ އަށް ހިބައިން ދިނުމަށް ޒެލެންސްކީ އަށް އަންގަން ނިންމާފައެވެ.

މީގެ އިތުރުން އެމެރިކާއިން ޔޫކްރޭނަށް ދޭ އަސްކަރީ އެހީ ވެސް ވަރަށް ބޮޑުތަނުން ކުޑަ ކޮށް، ވަކި ކެޓަގަރީތަކެއްގެ ހަތިޔާރުތައް ވެސް ޔުކްރޭނަށް ބޭނުން ކުރުން މަނާވުން މި ލީކުވި ޕީސް ޕްލޭން ޑްރާފްޓުގައި ވެއެވެ. އަދި އެ ޕްލޭންގައި ޔޫކްރޭންގެ ސިފައިންގެ ފައުޖުގައި ހިމެނޭ ހަތިޔާރު އެޅި މީހުންގެ ޢަދަދު ވެސް ވަރަށް ބޮޑަށް ދަށް ކުރުމަށް ނިންމާފައި ވެއެވެ.

މި ޑްރާފްޓް ޒެލެންސްކީ އަށް އަރުވަނީ ކޮން އިރަކުން ކަމެއް އަދި ނޭނގެއެވެ. ނަމަވެސް މިހާރު ވެސް މި ކަމާއި ގުޅުން ހުރި އެހެން ކަންތަކެއް ނޭޓޯ ތެރެއިން ފެންމަތިވާން ފަށައިފިއެވެ. އޭގެ ތެރެއިން އެންމެ ޚާއްޞަ ކަމަކީ ޔުކްރޭނަށް އިތުރު ހަތިޔާރުތައް ދިނުމަށް ފުރާންސުން މިހާރު ފަސްޖެހުމެވެ.

މި ކަންކަން މި ހިނގީ ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާނާއި މަޝްވަރާ ކުރުމަށް ޒެލެންސްކީ އަންކާރާއަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%