Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރޮނާލްޑޯ ޓްރަމްޕްއާ ބައްދަލުކުރުމުން މުސްލިމުން ރުޅިގަދަވެއްޖެ

ރޮނާލްޑޯ ޓްރަމްޕްއާ ބައްދަލުކުރުމުން މުސްލިމުން ރުޅިގަދަވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
202 ދުވަސް ކުރިން - 20 ނޮވެންބަރު 2025 09:11
ޓްރަމްޕު، ރޮނާލްޑޯ އަދި ޖޯޖީނާ ވައިޓް ހައުސްގައި.
ޓްރަމްޕު، ރޮނާލްޑޯ އަދި ޖޯޖީނާ ވައިޓް ހައުސްގައި.
ޚުލާސާ

ރޮނާލްޑޯ ޓްރަމްޕްއާ ބައްދަލުކޮށްފައިވަނީ ޓްރަމްޕުގެ ދައުވަތަކަށް ވައިޓްހައުސްގައި. އޭނާގެ މި ބައްދަލުވުމުގައި ސައުދީ ޕްރިންސް ވެސް ބައިވެރިވި.

ގިނަ އަދަދެއްގެ މުސްލިމުންގެ ލޯބި ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރުމުން މުސްލިމުންގެ ނުރުހުން ރޮނާލްޑޯއަށް އަމާޒުވާން ފަށައިފި އެވެ.

ޓްރަމްޕުގެ ދައުވަތަކަށް ރޮނާލްޑޯ ވައިޓް ހައުސްއަށް ޒިޔާރަތްކޮށްފައިވަނީ ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާންއާ އެކުގަ އެވެ. ރޭގަނޑުގެ ފަރިއްކޮޅަކަށް މި ދެބޭފުޅުން ވައިޓް ހައުސްއަށް ޒިޔާރަތްކޮށްފައިވާއިރު މުސްލިމުން ސިފަކޮށްފައިވަނީ އޭނާ އެ ކުރި ކަމަކީ ފަލަސްތީނު އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމު ރައްޔިތުންނަށް ވެވުނު ބޭއިންސާފެއްގެ ގޮތުގަ އެވެ.

ރޮނާލްޑޯ އަކީ ޔަހޫދީ އިޒްރޭލު ފަލަސްތީނަށް އަނިޔާކުރަމުންދާތީ ފަލަސްތީނަށް އެކި ގޮތްގޮތުން އެހީވަމުން އަންނަ ފަރާތެކެވެ. ޕޯޗުގަލް އާއި އިޒްރޭލު ކުޅުނު ފުޓްބޯޅަ މެޗަކަށް ފަހު ޖާޒީ ބަދަލުކުރަންވެސް އޭނާ ވަނީ ދެކޮޅު ހަދާފަ އެވެ. ފަލަސްތީނަށް އިހުތިރާމު ކުރުމުގެ ގޮތުންނެވެ.

Advertisement

Advertisement 1

ވައިޓް ހައުސްގައި ޓްރަމްޕާއެކު ބޭއްވި ބައްދަލުވުމުގައި ޓްރަމްޕު ވަނީ ރޮނާލްޑޯއާ ބައްދަލުވުމުން އުފާކުރާ ކަމަށް ބުނެ ރޮނާލްޑޯ އަށް ތައުރީފު ކޮށްފަ އެވެ. އަދި އޭނާގެ ފިރިހެން ދަރި ބެރޮން އަކީ ރޮނާލްޑޯގެ ބޮޑު ސަޕޯޓަރެއް ކަމަށާއި ނަމަވެސް ރޮނާލްޑޯ އަށް އޭނާ ތައާރަފް ކޮށްދިނުމުން ތިމަންނަ އަށް މާ އިހުތިރާމް ކުރާނެ ކަމަށް ބުނެ ޓްރަމްޕު ވަނީ ސަމާސާ ކޮށްފަ އެވެ.

ބައްދަލުވުމަށްފަހު ރޮނާލްޑޯ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް ދައުވަތު ދެއްވި ކަމަށްޓަކައި އޭނާ އަދި ލޯބިވެރިޔާ ޖޯޖީނާގެ ފަރާތުން ޝުކުރު އަދާކޮށްފަ އެވެ. ޓްރަމްޕާ ބައްދަލުވުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމުގައި ރޮނާލްޑޯ ވަނީ މީގެ ކުރިން ބުނެފަ އެވެ.

ސައުދީ ޕްރިންސް ސަލްމާނާއި ޓްރަމްޕު ވަނީ ދެ ގައުމު ދޭތެރޭ އޮތް ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާކޮށްފަ އެވެ. އެގޮތުން ސައުދީ ތެލަށްޓަކައި ކުރާ ބަރޯސާ ކުޑަކުރުމުގެ ގޮތުން ކުޅިވަރާއި ޓޫރިޒަމް ކުރިއެރުމަށް ޓްރަމްޕާއެކު އޭނާ ވަނީ މަޝްވަރާކޮށްފަ އެވެ.

ރޭގަނޑުގެ ފަރިއްކޮޅަށް އެކްސް އަދި ޓެސްލާގެ ވެރިޔާ އިލޯން މަސްކާއި އެޕަލްގެ ސީއީއޯ ޓިމް ކުކް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މިއީ ޓްރަމްޕާ ހިޔާލުތަފާތުވި ފަހުން މަސްކު ވައިޓް ހައުސްއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

އަދި މިއީ 2016 ވަނަ އަހަރަށް ފަހު ރޮނާލްޑޯ އެމެރިކާއަށް ކުރެއްވި ފުރަތަމަ ދަތުރެވެ. އެމެރިކާގެ ކެތްރީން މަޔޯގާ އަށް ޖިންސީ އަނިޔާ ކުރި ތުހުމަތުތައް މީގެ ކުރިން ރޮނާލްޑޯ އިންކާރުކޮށްފައިވާއިރު 2019 ވަނަ އަހަރު އެމެރިކާގެ ޕްރޮސެކިއުޓާސް އިން ވަނީ ހެކި ނެތުމުން ރޮނާލްޑޯއަށް މައްޗަށް އެ ކުށް ސާބިތުނުވާނެ ކަމަށް ކަނޑައަޅާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން އަންނަ އަހަރު ކުޅޭ ވޯލްޑް ކަޕުގެ ކުރިން ޕޯޗުގަލް އާއި އެމެރިކާގެ ފުޓްބޯޅަ މެޗެއް އެޓަލަންޓާގައި އޮންނާނެ އެވެ. މި މެޗު އޮވެއްޖެ ނަމަ މިއީ 2014 ވަނަ އަހަރަށް ފަހު ރޮނާލްޑޯ އެމެރިކާގައި ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯޑޮނަލްޑް ޓްރަމްޕުއެމެރިކާސައޫދީ އަރަބިއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

20 ގަޑިއިރު ކުރިން - 11:23

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

1 ދުވަސް ކުރިން - 10:24

އެމެރިކާއިން އީރާނަށް ވިސާ ދިނީ މެކްސިކޯގައި ބޭސް ވެގެން ތިބުމަށް މަޖުބޫރުކޮށްފަ

ވިސާ ދިނީ އީރާން ޓީމް މެކްސިކޯގައި ބޭސްވެގެން ތިބުމަށް މަޖުބޫރުކޮށްފަ

3 ދުވަސް ކުރިން - 09:14

އަލްބޭނިއާގެ ރަށެއް ޓްރަމްޕުގެ އާއިލާ އަށް ދޭތީ މުޒާހަރާ ކުރަނީ

އަލްބޭނިއާގެ ރަށެއް ޓްރަމްޕުގެ އާއިލާ އަށް ދޭތީ މުޒާހަރާ ކުރަނީ

5 ދުވަސް ކުރިން - 10:19

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

6 ދުވަސް ކުރިން - 11:09

ލެޖެންޑެއްގެ ދަރަޖަ ފުރިހަމަކުރުމަށް ރޮނާލްޑޯއަށް ވޯލްޑް ކަޕް ކާމިޔާބުކުރުން މަޖުބޫރު

ލެޖެންޑެއްގެ ދަރަޖަ ފުރިހަމަކުރުމަށް ރޮނާލްޑޯއަށް ވޯލްޑް ކަޕް ކާމިޔާބުކުރުން މަޖުބޫރު

6 ދުވަސް ކުރިން - 08:54