Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގައި ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ ހާއްސަ އޮފީހެއް ގާއިމުކުރަނީ

ރާއްޖޭގައި ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ ހާއްސަ އޮފީހެއް ގާއިމުކުރަނީ

މުހައްމަދު ޖަމްޝަތު
248 ދުވަސް ކުރިން - 19 ނޮވެންބަރު 2025 21:38
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު---ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ އޮފީހާ ބެހޭ ގާނުނަށް ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރަން ފަށާނެ

2026 ވަނަ އަހަރު ރާއްޖޭގައި އިންޓަލެކްޓުއަލް ޕްރޮޕަޓީ އޮފީހެއް (ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ އޮފީހެއް) ގާއިމުކުރެވިގެންދާނެ ކަމަށް އިިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް، އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުންގެ އިތުބާރު އޮތް މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ސަރުކާރުން ވަނީ ޓްރޭޑްމާކް އާ ބެހޭ ގާނޫނެެއް އެކުލަވަލާފަ އެވެ. މި ގާނޫނުގެ ސަބަބުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ އަދި ބޭރުގެ ޓްރޭޑްމާކްތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިމާޔަތްކުރެވި، ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކުރުން ހަރުދަނާވެ، އިންވެސްޓަރުންގެ ޝައުގުވެރިކަން ދިވެހިރާއްޖެއަށް އިތުރުވުމަށް މަގުފަހިވެގެންދާނެ އެވެ.

މިނިސްޓަރު ސައީދު އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓްރޭޑްމާކުބިލް ގާނޫނަކަށް ވުމާއެކު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތްވެސް ވާލްޑް އިންޓަލެކްޓުއަލް ޕްރޮޕަޓީގެ އެކްސްޕާޓުންގެ އެހީގައި ކުރަމުންދާ ކަމަށެވެ. އަދި އަންނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަލެކްޓުއަލް ޕްރޮޕަޓީ އޮފީހެއް (ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ އޮފީހެއް) އުފެއްދޭނެ ކަމަށް ވިދާޅުވި އެެވެ.

Advertisement

Advertisement 1

"ކޮޕީރައިޓް ގާނޫނަށް އަޅުގަނޑުމެން ވާނީ ޒަމާނާ ގުޅޭ އަދި އުފެއްދުންތެރީންނާއި ފަންނުވެރީންގެ ބުރަ މަސައްކަތާއި ހައްގުތައް ހިމާޔަތްކޮށްދޭނެ ބޮޑެތި އިސްލާހުތަކެއް ގެނެސްދީފައި، ބާން ކޮންވެންޝަނުގައިވެސް މިހާރު ދިވެހިރާއްޖެވާނީ ބައިވެރިވެފައި. މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރެވުނު މުހިއްމު ގިނަ މަސައްކަތްތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި، މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނު މިދިޔަ އޮގަސްޓު މަހު ރައީސް ވަނީ ތަސްދީގުކުރައްވާފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީން ފެށިގެންނެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޒިއްމާއާއި ރައީސް ޑރ. މުއިއްޒު ހަވާލުވެވަޑައިގަތީ ކްރިއޭޓިވް އިންޑަސްޓްރީއެއް ރާއްޖޭގައި ގާއިމުކޮށްދެއްވައު އެ އިންޑަސްޓްރީ ކުރިއަށް ގެންގޮސްދެއްވާނެކަމުގެ މުހިއްމު ވައުދުފުޅާއިއެކު ކަމަށެވެ. އަދި މިއަދު ފެންނަމުން މިދަނީ އެ ވައުދުފުޅު ފުއްދެވުމުގައި އަމަލީގޮތުން ނަތީޖާ ނެރެދެއްވައި، ހަލުވިކަމާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށް ވަޑައިގަންނަވާ އުފާވެރި އަދި އުންމީދީ މަންޒަރު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުހައްމަދު ސައީދުއިގްތިސޯދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

3 ގަޑިއިރު ކުރިން - 12:27

މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

3 ދުވަސް ކުރިން - 23:42

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: މިނިސްޓަރު ސައީދު

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: ސައީދު

12 ދުވަސް ކުރިން - 21:20

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

15 ދުވަސް ކުރިން - 16:25

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

25 ދުވަސް ކުރިން - 12:10

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

41 ދުވަސް ކުރިން - 11:57