މަޑޫރޯ އިސްތިއުފާ ދިނުމަށް އެމެރިކާއިން ސިއްރު މަޝްވަރާތަކެއް ބާއްވައިފި

ހުސައިން އިސްމާއިލް | 11 ދުވަސް ކުރިން - 19 ނޮވެންބަރު 2025 16:14
ކުއްލި ޚަބަރު: މަޑޫރޯ އިސްތިއުފާދިނުމަށް އެމެރިކާއިން ސިއްރު މަޝްވަރާތަކެއް ބާއްވައިފި
ކުއްލި ޚަބަރު: މަޑޫރޯ އިސްތިއުފާދިނުމަށް އެމެރިކާއިން ސިއްރު މަޝްވަރާތަކެއް ބާއްވައިފި
ޚުލާސާ

މަޑޫރޯ ވިދާޅުވީ ވަގުތުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި ނަމަވެސް ދެތިން އަހަރު ފަހުން ވެެރިކަމާއި ފެޔަށް ޖެހިވަޑައިގެންފާނެ ކަމަށް

އެމެރިކާގެ އޮފިޝަލުން ވެނެޒުއެލާގެ ރައީސް ނިކޮލާސް މަޑޫރޯ އާއި އެކު ސިއްރިޔާތުގައި ނުރަސްމީ މަޝްވަރާތަކެއް ކޮށްފިއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި މިއީ ވޮޝިންޓަންގެ ޕްރެޝަރު އިތުރުވަމުންދާތީވެ ލުއި ދިނުމަށް މަޑޫރޯގެ ފަރާތުން އިސްނަގައިގެން ކުރި މަޝްވަރާއެކެވެ.

އެމެރިކާއިން މަޑޫރޯ ވެރިކަމުން ދުރުކުރުމަށް މަސައްކަތް ކުރަނީ، އޭނާ ވެރިކަން ހިންގަނީ މަސްތުވާތަކެތީގެ ނެޓްވޯކުތަކާއި ގުޅިގެން ކަމަށް ބުނެއެވެ. ނަމަވެސް ބައެއް މުޙައްލިލުން ބުނަނީ އެމެރިކާ ބޭނުންވަނީ ވެނެޒުއެލާގައިވާ ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް ކަމަށާއި، މަސްތުވާ ތަކެތީގެ ނަމުގައި ވެނެޒުއެލާއަށް އަރައިގަންނަން އެމެރިކާ އިން އުޅޭ އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން ހުށަހެޅި މަޑޫރޯ ވަގުތުން ވެރިކަމުން އިސްތިއުފާ ދިނުމަށެވެ. ނަމަވެސް އެކަމަށް މަޑޫރޯގެ ފަރާތުން ވަނީ ދެކޮޅު ހައްދަވާފައެވެ. ޚަބަރު ލިބޭ ގޮތުގައި މަޑޫރޯ ވިދާޅުވީ އަދި ދެތިންއަހަރު ވަންދެން ވެރިކަމުގައި މަޑުކޮށްލަން ބޭނުންވާ ކަމަށެވެ.

އެމެރިކާއިން ވަނީ މަޑޫރޯ އަށް ދެތިންއަހަރު ވެރިކަމުގައި މަޑުކޮށްގެން ހުންނާކަށް ފުރުޞަތު ދޭން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%