Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީ މުޒާހަރާގައި ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

އެމްޑީޕީ މުޒާހަރާގައި ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
292 ދުވަސް ކުރިން - 19 ނޮވެންބަރު 2025 06:49
އެމްޑީޕީން އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާގެ ތެރެއިން---ފޮޓޯ: ޚުލާސާ
އެމްޑީޕީން އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާގެ ތެރެއިން---ފޮޓޯ: ޚުލާސާ
ޚުލާސާ

ދައުވާ ނުކުރުމަށް ޕީޖީން ނިންމި ސަބަބަކީ މުޒާހަރާ ކުރުމަކީ އަސާސީ ހައްގަކަށްވެފައި އެމީހުން ކުރި އަމަލެއްގެ ސަބަބުން މީހަކަށް ނުވަތަ މުދަލަކަށް ގެއްލުން ލިބިފައި ނުވާތީ.

މިދިޔަ އޮކްޓޫބަރު މަހު 3 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސް މުޒާހަރާގެ ނަމުގައި މާލެތެރެ ހަލަބޮލިކޮށްލަން މަސައްކަތް ކުރި އެމްޑީޕީގެ އެއްވުމުގައި ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމައިފި އެވެ.

މި މައްސަލައާ ގުޅިގެން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްތުގައި ހުރަސް އެޅުމާއި، ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާގައި ހަތް މީހަކަށް ދައުވާކޮށްދިނުމަށް ފުލުހުންގެ ފަރާތުން ޕީޖީގައި އެދިފައިވެ އެވެ. އެ ފަރާތްތަކަކީ؛

  1. ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ
  2. ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
  3. މާފުށި ކައުންސިލް ރައީސް ހަސަން ސޮލާހު
  4. ހުސައިން ޝާކިރު
  5. އަލީ ޖުމާން
  6. އަޒީމް އަލީ
  7. މުހައްމަދު ހަލަފް އިބްރާހިމް

ޕީޖީ އޮފީހުން ބުނެފައިވަނީ އެ ފަރާތްތަކަށް ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމީ މުޒާހަރާ ކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ އަސާސީ ހައްގެއް ކަމަށާއި، މުޒާހަރާގައި އެއްވެސް މީހަކަށް އަނިޔާއެއް އަދި އެއްވެސް މުދަލަކަށް ގެއްލުން ދީފައި ނުވާތީ ކަމަށެވެ.

Advertisement

Advertisement 1

އެއްވުމުގެ ތެރެއިން މި ހަތް މީހުން ހައްޔަރުކުރުމަށްފަހު ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ފަރާތްތައް ހައްޔަރުކޮށްފައިވަނީ މުޒާހަރާގައި ބޭނުން ކުރުމަށް ފުލުހުން ހުއްދަ ދީފައިވާ ރޫޓް ނޫން އެހެން ރޫޓެއް ބޭނުންކުރުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކޮށްފައިވާ ކަމަށާއި، އަދި ފުލުހުން ބޭނުންކުރާ އާލަތްތައް އަތުލަން މަސައްކަތްކޮށް ފުލުހުންނަށް އަނިޔާ ކުރަން މަސައްކަތްކޮށްފައިވާތީ ކަމަށެވެ.

މި މުޒާހަރާއާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން ބަލަމުންދާއިރު ތަހުގީގުގެ ބައި ނިމުމުން ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މުޒާހަރާއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

“ކޮންމެ ދުވަހަކު އެއްގަޑިއަކަށް ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި ދެނީ” ކަމަށް ތުހުމަތު ކޮށްފި

‘ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި” ދޭކަމަށް ތުހުމަތު ކޮށްފި

1 ދުވަސް ކުރިން - 18:46

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

4 ދުވަސް ކުރިން - 05:32

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

9 ދުވަސް ކުރިން - 10:23

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

15 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

15 ދުވަސް ކުރިން - 18:55

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

20 ދުވަސް ކުރިން - 10:56