Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގައި ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ހުޅުވަނީ

ރާއްޖޭގައި ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ހުޅުވަނީ

މުހައްމަދު ޖަމްޝަތު
249 ދުވަސް ކުރިން - 18 ނޮވެންބަރު 2025 20:11
ޓްރަމްޕް އޯގަނައިޒޭޝަނުން ރާއްޖޭގައި ހަދާ ރިސޯޓުގެ ވޯޓާ ވިލާއެއްގެ ކުރެހުމެއް---
ޓްރަމްޕް އޯގަނައިޒޭޝަނުން ރާއްޖޭގައި ހަދާ ރިސޯޓުގެ ވޯޓާ ވިލާއެއްގެ ކުރެހުމެއް---
ޚުލާސާ

އެ ރިސޯޓުގައި 80 އަލްޓްރާ ލަގްޒަރީ ބީޗް ވިލާ އާއި ވޯޓާ ވިލާ ހުންނާނެ. ރިސޯޓު ތަރައްގީކުރަނީ މާލެ އަތޮޅުގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ދަ ޓްރަމްޕް އޯގަނައިޒޭޝަން" އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ފަށާފައިވާކަން އިއުކާނުކޮށްފި އެވެ. 

ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރަމްޕް އޯގަނައިޒޭޝަނުން އެތަނުގެ ސައުދީ އަރަބިއްޔާގެ ބިޒްނަސް ޕާޓްނަރާ އެކު، ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ހެދުމުގެ ޕްލޭންތައް ވަނީ ފަށައިފަ އެވެ. އަދި އެ ރިސޯޓް ހެދުމުގެ ޕްރޮޖެކްޓް "ޓޯކަނައިޒްކުރުމަށް" ނުވަތަ ކްރިޕްޓޯ އަދި ބްލޮކްޗެއިން އިންވެސްޓަރުންނަށް ހާއްސަކޮށް އެ ޕްރޮޖެކްޓުގައި ބައިވެރިވެވޭ ގޮތަށް ހަދަން ވެސް ރާވާފައިވާ ކަމަށް އެ ނޫހުގައި ބުންޏެވެ.

"ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް"ގެ ނަން ދޭ އެ ރިސޯޓުގައި 80 އަލްޓްރާ-ލަގްޒަރީ ބީޗް ވިލާ އާއި ވޯޓާ ވިލާ ހުންނާނެ ކަމަށާއި އެ ރިސޯޓުގެ މަސައްކަތް ކުރާނީ ލަންޑަންގައި ލިސްޓުކޮށްފައިވާ ރިއަލް-އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ދާރް ގްލޯބަލް ޕީއެލްސީން ކަމަށް، އެ ކުންފުންޏާއި ޓްރަމްޕް އޯގަނައިޒޭޝަން ގުޅިގެން ނެރުނު ނޫސްބަޔާނަކާ ހަވާލާދީ ބްލޫމްބާގުގައި ބުންޏެވެ.

Advertisement

Advertisement 1

އެ ބަޔާނުގައި ބުނި ގޮތުގައި، މިއީ ޓޯކަނައިޒްޑް ޕްރޮޕަޓީއެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް ހިންގާ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓެވެ.

މި ޕްރޮޖެކްޓަކީ ޓްރަމްޕްގެ ނަމުގައި ޓްރަމްޕް އޯގަނައިޒޭޝަނާއި ދާރް ގްލޯބަލް އިން މިހާރު ހިންގަމުން އަންނަ އެކި ޕްރޮޖެކްޓުތަކަށް އިތުރުވާ މަސައްކަތެކެވެ. އެ ދެ ކުންފުނި ގުޅިގެން ގަލްފުގެ ގައުމުތައް ކަމަށްވާ ޔޫއޭއީ އާއި ސައުދީ އާއި އޮމާން އަދި ގަތަރުގައި އެ ބްރޭންޑުގެ ޕްރޮޖެކްޓުތައް ވަނީ ފަށައިފަ އެވެ.

ސައުދީގެ ވެރިރަށް ޖިއްދާ އާއި ޔޫއޭއީގެ ދުބާއީގައި ޓްރަމްޕް ޓަވަރު އަޅަމުން އަންނައިރު، ގަތަރާއި އޮމާންގައި ރިސޯޓްތަކާއި ލަގްޒަރީ ގެތަކާއި ގޮލްފް ކޯސްތައް ހެދުމުގެ މަސައްކަތް އަންނަނީ ދާރް ގްލޯބަލް މެދުވެރިކޮށް ޓްރަމްޕް އޯގަނައިޒޭޝަނުން އަންނަނީ ކުރަމުންނެވެ.

ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިއަދު ވަނީ ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވަޑައިގެންފަ އެވެ. އަދި ސަލްމާން މިއަދު ޓްރަމްޕްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ގުޅުންތައް ހަރުދަނާކުރުމަށް ރަސްމީ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ރިސޯޓުފަތުރުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

4 ގަޑިއިރު ކުރިން - 12:27

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

23 ދުވަސް ކުރިން - 21:31

ސަރުކާރުގެ ކުންފުނިތަކުން ރިސޯޓު ތަރައްގީކުރާއިރު ދައުލަތުގެ 45 އިންސައްތަ ހިއްސާ އޮންނަންޖެހޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައިފި

ރިސޯޓު ތަރައްގީކުރާއިރު ދައުލަތުގެ %45 ހިއްސާ އޮންނަންޖެހޭ ގޮތަށް ގަވާއިދު އެކުލަވާލައިފި

37 ދުވަސް ކުރިން - 14:48

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

67 ދުވަސް ކުރިން - 13:57

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

71 ދުވަސް ކުރިން - 10:19

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

82 ދުވަސް ކުރިން - 14:59