Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖެނުއަރީން ފެށިގެން ނަފްސާނީ ބަލިތަކުގެ ހުރިހާ ފަރުވާއެއް އާސަންދައިން ކަވަރުކުރާނެ

ޖެނުއަރީން ފެށިގެން ނަފްސާނީ ބަލިތަކުގެ ހުރިހާ ފަރުވާއެއް އާސަންދައިން ކަވަރުކުރާނެ

މުހައްމަދު ޖަމްޝަތު
250 ދުވަސް ކުރިން - 18 ނޮވެންބަރު 2025 10:41
އާސަންދަ ކޮމްޕެނީގެ އޮފީސް---
އާސަންދަ ކޮމްޕެނީގެ އޮފީސް---
ޚުލާސާ

ރައީސް ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކަމަށް

އަންނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން ނަފްސާނީ ބަލިތަކަށް ހިނގާ ހުރިހާ ހަރަދެއް އާސަންދައިގެ ތެރެއިން ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުން ނިސްބަތުން ގިނަ ނަމަވެސް އެފަދަ ބަލިތަކުގެ ފަރުވާއަށް ކުރާ ހަރަދުގެ ތެރެއިން އާސަންދަ ކަވަރުކުރަނީ ވަކި އިންސައްތަ އެކެވެ.

ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫންކަމަށެވެ.

Advertisement

Advertisement 1

"މިއަދާ ހަމައަށް ވެސް ނަފުސާނީ ބައްޔަށް ކުރާ ހަރަދު އާސަންދަ އިން އެއްކޮށް ކަވާއެއް ނުވޭ. އަޅުގަނޑުމެން އެންމެން ހައިރާންވެފައި މި ތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް އެކެއް ޖެނުއަރީން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ކަވާ ވާނެ،" ރައީސް ވިދާޅުވި އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އާސަންދައިން 2.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. 2023 ވަނަ އަހަރު އެ ސްކީމުން ހަރަދުކުރި އަދަދު 2.2 މިލިއަނަށްވުރެ ގިނަ އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށެވެ. އެކަމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ވެސް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 15 ރަށެއްގައި ސީޓީ ސްކޭން ހިދުމަތް ގާއިމް ކުރާނެ އެވެ. އަދި ޓާޝަރީ ހޮސްޕިޓަލްތަކުގެ ތެރެއިން އެމްއާރުއައިގެ ހިދުމަތް ނެތް ހޮސްޕިޓަލްތަކުގައި އެކަން ވެސް ފަށާނެކަން ރައީސް އިއުލާން ކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރަށްރަށުގެ ސިއްހީ މަރުކަޒުތައް އެ ރަށެއްގެ ނިސްބަތުން ތަރައްގީކޮށް، ރަށުން ބޭރަށް ނުގޮސް ކޮންމެ ރަށެއްގައި ވެސް ތިބެގެން ލެބޯޓްރީ ޓެސްޓްތައް ހެދޭނެ މިންވަރަށް އެ ހިދުމަތް ފުޅާކޮށް މުވައްޒަފުން ހޯދާނެ ކަމަށެވެ.

އަދި ސީ އެމްބިއުލާންސްގެ ފްލީޓް އާ ކުރުމަށް ގެންނަ ފުރަތަމަ 10 ސީ އެމްބިއުލާންސް ހޯދުމަށް ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާސަންދަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

5 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

5 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

6 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

7 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

7 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

23 ގަޑިއިރު ކުރިން - 20:04