ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޙަސީނާ މަރަން ޙުކުމް އިއްވައިފި

ޢަބްދުﷲ ޖުނައިދު | 13 ދުވަސް ކުރިން - 17 ނޮވެންބަރު 2025 16:51
ޣައިރު ހާޒިރުގައި ޙަސީނާ މަރަން ޙުކުމް އިއްވައިފި - އޭނާ ހުންނެވީ އިންޑިއާގަ
ޣައިރު ހާޒިރުގައި ޙަސީނާ މަރަން ޙުކުމް އިއްވައިފި - އޭނާ ހުންނެވީ އިންޑިއާގަ
ޚުލާސާ

ބަންގްލަދޭޝްގެ ކުރީގެ ވެރިޔާ ޝެއިޚް ޙަސީނާގެ ޣައިރު ހާޒިރުގައި އޭނާ އަށް މަރުގެ ހުކުމް އިއްވައިފި

މިދިޔަ އަހަރު ބަންގްލަދޭޝްގައި ހިނގި މުޒާހަރާތަކާއި ދެކޮޅަށް އެ ޤައުމުގެ އޭރުގެ ވެރިޔާ ޝެއިޚް ޙަސީނާ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ވެރިކަމުން ދުރުކޮށްފައިވާއިރު، އޭނާގެ ޣައިރު ހާޒިރުގައި މަރުގެ ހުކުމް މިއަދު އިއްވައިފިއެވެ.

ޓްރައިބިއުނަލުން ބުނާ ގޮތުގައި ޙަސީނާގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު އޭނާ ވަނީ މީހުން މަރާލުމަށް އަސްކަރިއްޔާ އަށް އަމުރުކޮށްފައެވެ. އަދި ރައްޔިތުންނާއި ދެކޮޅަށް އަސްކަރިއްޔާ އިން ހިންގި އަނިޔާވެރިކަން ހުއްޓުވުމުގައި ވެސް ޙަސީނާ ވަނީ ނާކާމިޔާބުވުމެވެ.

ޙަސީނާ މިހާރު ހުރީ އިންޑިއާގެ ޙިމާޔަތުގައެވެ. އެ ޤައުމުން ވަނީ ބަންގްލަދޭޝްގެ ސަރުކާރާއި އޭނާ ޙަވާލު ކުރުމަށް ދެކޮޅު ހަދާފައެވެ.

ޝަރީޢަތަށް ފިއްލަވައިގެން އުޅުއްވާތީ ޙަސީނާ އަށް މީގެ ކުރިން ހަމަސް ދުވަހުގެ ޖަލު ޙުކުމެއް ވެސް އިއްވާފައި ވެއެވެ.

ޙަސީނާގެ ސަރުކާރާއި ދެކޮޅަށް ހިންގި މުޒާހަރާތަކުގައި 841 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%