Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލޭގައި ހުއްދަނެތި އިވެންޓުތައް ބާއްވައި ސްޓޯލްތަކުން ވިއްކުމާ ގުޅިގެން ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ހުއްދަނެތި އިވެންޓުތައް ބާއްވައި ސްޓޯލްތަކުން ވިއްކުމާ ގުޅިގެން ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
297 ދުވަސް ކުރިން - 16 ނޮވެންބަރު 2025 22:04
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)/ ފޮޓޯ: ޚުލާސާ
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)/ ފޮޓޯ: ޚުލާސާ
ޚުލާސާ

މިފަދަ ޢަމަލުތަކަކީ އެޗްޑީސީގެ ގަވާއިދުތަކާ ހިލާފު ކަންކަން ކަމަށާއި، މިކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އާންމުންނަށް ގޮވާލާފައި.

ހުޅުމާލޭގައި އެކިއެކި ހަރަކާތްތައް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ނުނަގައި، އެ ހަރަކާތްތަކަށް ސްޓޯލްތައް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން މިއަދު އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ. މިކަމުގެ ސަބަބުން ދިމާވެދާނެ މާލީ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި، އިވެންޓުތަކަށް ސްޓޯލް ގަތުމުގެ ކުރިން ހުއްދަ އޮތްތޯ ޔަޤީންކުރުމަށް އެޗްޑީސީން ވަނީ ހަނދާންކޮށްފަ އެވެ.

އެޗްޑީސީއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި އިވެންޓުތައް ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ނަގަންޖެހޭ ހުއްދަތައް ނެގުމަކާ ނުލައި، ބައެއް ފަރާތްތަކުން އިވެންޓުތައް ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން ފާހަގަކުރެވޭކަމަށެވެ. މިފަދަ ޢަމަލުތަކަކީ އެޗްޑީސީގެ ގަވާއިދުތަކާ ހިލާފު ކަންކަން ކަމަށާއި، މިކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އާންމުންނަށް ގޮވާލާފަ އެވެ.

އެޗްޑީސީއިން ބުނީ، އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލެއް ގަތުމުގެ ކުރިން އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީއިން އެކަމަށް ދޫކޮށްފައިވާ ހުއްދަ ލިބިފައިވާ ފަރާތެއްތޯ ޔަގީންކުރަންވާނެ ކަަމަށެވެ. އެގޮތުން، އެ ކޯޕަރޭޝަންގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަނާ ގުޅޭ ނަންބަރު 3356112 އަށް ގުޅައި، ހުއްދަ އޮތްކަން ޔަޤީންކުރުމަށްވެސް އެޗްޑީސީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement 1

ހަމައެއާއެކު، އެޗްޑީސީގެ ހުއްދައެއް ނެތި، އެގޮތަށް އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކޮށް އަދި ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. ވީމާ، ފައިސާގެ ގޮތުން ގެއްލުންވުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެޗްޑީސީން ފާހަގަކުރި އެވެ.

އެގޮތުން މިދިޔަ ސެޕްޓެންބަރު މަހުވެސް އެޗްޑީސީން ވަނީ، އެ ކޯޕަރޭޝަނުގެ ހުއްދަ ނުނަގައި ހުޅުމާލޭގައި އިވެންޓުތައް ބާއްވަން ސްޓޯލްތައް ވިއްކުމުގެ މައްސަލަ ފެންމަތިވެފައިވާތީ، އެކަމަށް ސަމާލުވުމަށް އެދިފަ އެވެ. މިއަދު އަލުން މި އިލްތިމާސްކޮށްފައިވަނީ މިފަދަ ކަންކަން އަދިވެސް ހުއްޓިފައި ނުވާތީ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެ އެވެ.

އެޗްޑީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

1 ދުވަސް ކުރިން - 13:27

ހުޅުމާލެ ފޭސް 2 ގެ ބީޗްގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ފޭސް-2ގައި މޫދަށް އެރޭނެ ސަރަހައްދަކާއި މަސްބާނާ ސަރަހައްދެއް ގާއިމްކުރަނީ

2 ދުވަސް ކުރިން - 08:48

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

5 ދުވަސް ކުރިން - 14:00

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

9 ދުވަސް ކުރިން - 13:11

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

12 ދުވަސް ކުރިން - 11:00

އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް، އެމްބީއެސްއާ ގުޅިގެން މިއަދު ބްލަޑް ކޭމްޕެއް ފަށައިފި

އެޗްޑީސީ ސްޓާފުންގެ ފަރާތުން ލޭ ހަދިޔާކުރުމަށް ބްލަޑް ކޭމްޕެއް ކުރިޔަށް ގެންދަނީ

24 ދުވަސް ކުރިން - 16:00