Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3 ލައްކައަށް

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3 ލައްކައަށް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
246 ދުވަސް ކުރިން - 13 ނޮވެންބަރު 2025 11:26
ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އައިސް ތިބި ފަތުރުވެރިންތަކެއް. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.8 މިލިއަނަށްވުރެ މައްޗަށް ގޮސްފަ--- ފޮޓޯ: އިންޓަނެޓް
ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އައިސް ތިބި ފަތުރުވެރިންތަކެއް. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.8 މިލިއަނަށްވުރެ މައްޗަށް ގޮސްފަ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން ނަމަވެސް، އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެއް

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ތިން ލައްކައަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 1.8 މިލިއަނަށް އަރައިފަ އެވެ. އޭގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރީ ޗައިނާގެ ފަތުރުވެރިންނެވެ. އެއީ 300،352 ފަތުރުވެރިންނެވެ.

ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާގެ ފަތުރުވެރިންނެވެ. އެގޮތުން ރަޝިޔާގެ 239،004 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. ދެން މި ލިސްޓުގެ އެންމެ ކުރީގައި އުޅޭ ގައުމުތަކަކީ:

Advertisement

Advertisement 1
  1. އިނގިރޭސި ވިލާތް: 168،597 ފަތުރުވެރިން
  2. ޖަރުމަނު ވިލާތް: 141،739 ފަތުރުވެރިން
  3. އިޓަލީ ވިލާތް: 124،406 ފަތުރުވެރިން
  4. އިންޑިއާ: 109،297 ފަތުރުވެރިން
  5. އެމެރިކާ: 54،449 ފަތުރުވެރިން
  6. ފަރަންސޭސި ވިލާތް: 48،673 ފަތުރުވެރިން
  7. ސްޕެއިން: 46،582 ފަތުރުވެރިން
  8. އޮސްޓްރޭލިއާ: 36.274 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 9.8 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ރާއްޖެއަށް މިހާރު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 6،025 ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށްވެސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

14 ދުވަސް ކުރިން - 21:31

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

58 ދުވަސް ކުރިން - 13:57

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

62 ދުވަސް ކުރިން - 10:19

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

73 ދުވަސް ކުރިން - 14:59

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

73 ދުވަސް ކުރިން - 21:06

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަންފަށައިފި

76 ދުވަސް ކުރިން - 13:26