އަޒަރުބައިޖާނުން “މިޝަން”އެއް ނިންމާލުމަށްފަހު ތުރްކިޔޭ އަށް ދިޔަ މަގުމަތީގައި ޖޯޖިޔާ އާއި އަޒަރުބައިޖާނުގެ ބޯޑަރު ކައިރިޔަށް ތުރްކިޔޭ އަސްކަރިއްޔާގެ ސީ-130 ކާގޯ މަތިންދާބޯޓު ވެއްޓިއްޖެއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓު ވެއްޓެމުން ދިޔަ އިރު އެއިން ގިނަ ޢަދަދަކަށް ދުން އަރަމުން ދިޔައެވެ.
ބޯޓުގައި ތިބީ ކިތައް ސިފައިން ކަމެއް އަދި ކަށަވަރު ނުވާއިރު، އެ ބޯޓު އަޒަރުބައިޖާނަށް ދިޔައީ އަސްކަރީ މިޝަން އަކަށް ކަމަށް ތުރްކިޔޭއިން ބުނެއެވެ.
ޖޯޖިޔާ އަކީ އަޒަރްބައިޖާނުން ތުރްކިޔޭ އަށް އަންނަ މަގުމަތީގައި އޮންނަ ޤައުމެކެވެ.






