ހުޅުމާލެ-މާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ.
މިރޭ 01:15 ހާއިރު ހިނގި މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުލެ ލައިޓު ކައިރީގަ އެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ކަމަށް މައުލޫމާތު ލިބެ އެވެ.
މި އެކްސިޑެންޓުގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. މި އެކްސިޑެންޓުގައި ބުރިޖުގެ ޑިވައިޑަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
މިރޭ ހުޅުމާލެ ފޭސް 2 ގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 19 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައިވާއިރު އެ އެކްސިޑެންޓާއި ގުޅިގެން އިތުރު ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެ މީހުންނަށް ހާލު ވަރަށް ސީރިއަސް ކަމަށެވެ.






