Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްޑީޕީ ތެރޭގައި ކޯޅުން އުފެދި މާލޭގެ މޭޔަރު ކަމަށް ނަޝީދުގެ ފަޅިން އަލީ އާޒިމް ޕްރައިމަރީގައި ވާދަކުރަނީ

އެމްޑީޕީ ތެރޭގައި ކޯޅުން އުފެދި މާލޭގެ މޭޔަރު ކަމަށް ނަޝީދުގެ ފަޅިން އަލީ އާޒިމް ޕްރައިމަރީގައި ވާދަކުރަނީ

އައިޝަތު ރުވާ ރިފްޢަތު
205 ދުވަސް ކުރިން - 10 ނޮވެންބަރު 2025 19:30
ޑިމޮކްރެޓްސް ޖަލްސާއެއްގައި އަލީ އާޒިމް ވާހަކަފުޅު ދައްކަވަނީ---ފޮޓޯ: މިހާރު
ޑިމޮކްރެޓްސް ޖަލްސާއެއްގައި އަލީ އާޒިމް ވާހަކަފުޅު ދައްކަވަނީ---ފޮޓޯ: މިހާރު
ޚުލާސާ

އެމްޑީޕީ ތެރޭގައި ކޯޅުން އުފެދިފައިވާއިރު މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް މިހާރުގެ މޭޔަރު އާދަމް އާޒިމް ވަނީ މީގެ ކުރިން އިއުލާން ކުރައްވާފައި.

އެމްޑީޕީ ތެރޭގައި ކޯޅުން އުފެދިފައިވާ މި ދަނޑިވަޅުގައި އާދަމް އާޒިމް މާލެ މޭޔަރުކަމަށް ވާދަކުރައްވާނެ ކަމަށް އިއުލާނުކޮށް ކެމްޕެއިން ފަށްޓަވާފައިވަނިކޮށް ރައީސް ނަޝީދުގެ ފަޅިން އަލީ އާޒިމް ޕްރައިމަރީއަށް ނެރުމަށް ނިންމަވައިފި އެވެ.

ރައީސް ނަޝީދު މިއަދު އެކްސްގައި އަލީ އާޒިމްގެ ފޮޓޯއެއް ޕޯސްޓުކޮށް ލިޔެފައިވަނީ "އަލީ އާޒިމް ފޯ މާލެ މޭޔަރު" މިހެންނެވެ. ނަމަވެސް އަލީ އާޒިމް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމެއް ރަސްމީކޮށް އިއުލާނު ކުރައްވާފައެއް ނުވެ އެވެ.

އަލީ އާޒިމް އަކީ ރައީސް ސޯލިހުގެ ވެރިކަން ނިންމެވުމަށް އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ރައީސް ނަޝީދު އުފެއްދެވި "ދަ ޑިމެކްރެޓްސް" އާ ގުޅުމަށްފަހު މިއަހަރު ތެރޭ އެ ޕާޓީން ވެސް ވަކިވެވަޑައިގެން ރައީސް ނަޝީދުއާ އެކު އަލުން އެމްޑީޕީއާ ގުޅުނު މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޑިމޮކްރެޓްސް ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެމްޑީޕީގެ ލީޑަޝިޕުގެ ތެރޭގައި ވަނީ ކޯޅުން އުފެދިފަ އެވެ. ހާއްސަކޮށް ސޯލިހު ފެކްޝަނުގެ ބޭފުޅުން އެކަމާ ނުރުހެ އެވެ. އެބޭފުޅުން ތުހުމަތު ކުރާ ގޮތުގައި ޑިމޮކްރެޓްސް ބޭފުޅުން އެމްޑީޕީއާ ގުޅުނީ ޗެއާޕާސަން ފައްޔާޒުއާ ޑީލެއްގެ ދަށުންނެވެ.

Advertisement

Advertisement 1

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އެމްޑީޕީގެ ގިނަ ލީޑަރުންތަކެއް ފޫގަޅާފައިވާއިރު އޭގެ ތެރޭގައި ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް ސޯލިހާއި، މުހައްމަދު ނަޝީދުގެ އިތުރުން މާލެ މޭޔަރު އާދަމް އާޒިމް، ފައްޔާޒު އިސްމާއިލް އަދި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. ޝަމްހީދު ވެސް ހިމެނެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ސޯލިހު ބޭނުންފުޅު ވަނީ އާދަމް އާޒިމް އަށް މޭޔަރު ކަމުގެ ޓިކެޓު ދިނުމަށެވެ. އަދި އާދަމް އާޒިމް އެމަނިކުފާނުގެ ރަނިންމޭޓަކަށް ވުމަށެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ބޭފުޅަކު ސަރުކާރުގެ ހިންގާ ޕާޓީ ކަމަށްވާ ޕީއެންސީން އަދި ބޭފުޅަކު އިއުލާނުކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީރައީސް މުޙައްމަދު ނަޝީދު

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

7 ގަޑިއިރު ކުރިން - 18:13

ނިމިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު؛ ހަރަދުކުރީ އެމްޑީޕީ ސަރުކާރުން ނެގިހާ ލޯނެއް އަދާކުރުމަށް

ނިމިދިޔަ އަހަރު ލިބުނުހާ އާމްދަނީއެއް ހަރަދުކުރީ އެމްޑީޕީން ނެގިހާ ލޯނުތައް އަދާކުރުމަށް

1 ދުވަސް ކުރިން - 11:31

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ނަޝީދުގެ ފާޑުކިޔުންތަކަށް ހަމްދާންގެ ވަރުގަދަ ރައްދެއް

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ހަމްދާން

4 ދުވަސް ކުރިން - 13:51

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

9 ދުވަސް ކުރިން - 13:16

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ 60 އިންސައްތަ ވޯޓުން: ޝާހިދު

2028 ކާމިޔާބުކުރާނީ %60 ވޯޓުން: ޝާހިދު

12 ދުވަސް ކުރިން - 00:31

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތް ފަށައިފި

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތްފަށައިފި

13 ދުވަސް ކުރިން - 09:50