ރާއްޖެއިން ބޭރުގައި ޑެބިޓު ކާޑު ބޭނުންކުރެވޭ ލިމިޓު 1،000 ޑޮލަރަށް ބޮޑުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 25 ދުވަސް ކުރިން - 10 ނޮވެންބަރު 2025 15:50
ބީއެމްއެލް ހެޑް ކުއާޓާސް. އާ ލިމިޓަށް އަމަލު ކުރަން ފަށާނީ 11 ނޮވެމްބަރު 2025 ވަނަ ދުވަހުން ފެށިގެން ކަމަށް ބީއެމްއެލްއިން ބުނޭ--- ފޮޓޯ: އިންޓަނެޓް
ބީއެމްއެލް ހެޑް ކުއާޓާސް. އާ ލިމިޓަށް އަމަލު ކުރަން ފަށާނީ 11 ނޮވެމްބަރު 2025 ވަނަ ދުވަހުން ފެށިގެން ކަމަށް ބީއެމްއެލްއިން ބުނޭ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

ބީއެމްއެލްއިން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އެ ކުންފުނީގެ 43 ވަނަ އަހަރީ ދުވަހާ ދިމާކޮށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ޑެބިޓު ކާޑު ބޭނުންކުރެވޭ ލިމިޓު 1،000 ޑޮލަރަށް ބޮޑުކޮށްފި އެވެ.

މިކަމާ ގުޅިގެން ބީއެމްއެލްއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކާޑު މެޝިނުން ކުރާ މުއާމަލާތްތަކުގެ ލިމިޓު މަހަކު 1,000 ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށާއި، ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭުނުންތަކަށް ބޭނުންކުރެވޭ މިންވަރުވެސް މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ލިމިޓަށް އަމަލު ކުރަން ފަށާނީ 11 ނޮވެމްބަރު 2025 ވަނަ ދުވަހުން ފެށިގެން ކަމަށް ބީއެމްއެލް އިން ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފަ އެވެ. އަދި ހަމައެހެންމެ، ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ރާއްޖެ އިން ބޭރުގެ ގައުމުތަކުގައި ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް މިހާރު ކެނޑެނީ 500 ޑޮލަރެވެ.

ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ޑެބިޓު ކާޑު ބޭނުންކޮށްގެން ބޭރު ގައުމުތަކުގައި ޑެބިޓު ކާޑު ބޭނުންކުރެވޭ ލިމިޓު ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ހާމަކުރައްވާފައިވެ އެވެ.

މިއީ ބީއެމްއެލްގެ 43 ވަނަ އަހަރީ ދުވަހާ ދިމާކޮށް ގެނައި ބަދަލެއްކަން ފާހަގަކޮށްލަންޖެހެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%