Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބީއެމްއެލްއިން މިއަހަރު 6.5 ބިލިއަން ރުފިޔާގެ ލޯނު އަލަށް ދޫކޮށްފި

ބީއެމްއެލްއިން މިއަހަރު 6.5 ބިލިއަން ރުފިޔާގެ ލޯނު އަލަށް ދޫކޮށްފި

އައިޝަތު ރުވާ ރިފްޢަތު
304 ދުވަސް ކުރިން - 9 ނޮވެންބަރު 2025 18:39
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)/ ފޮޓޯ:ޚުލާސާ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)/ ފޮޓޯ:ޚުލާސާ
ޚުލާސާ

މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްފޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ބީއެމްއެލްއިން ބުނެފައިވޭ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ތެރޭގައި އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ. މިކަން ހާމަކޮށްފައިވަނީ، ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބީއެމްއެލް އިން އެ ބޭންކުގެ ބޯޑުގެ ހުއްދައާ ނުލައި އަދި ލޯނު ދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް ދޮގުކޮށް ބޭންކުން ނެރުނު ނޫސްބަޔާނެއްގަ އެވެ.

ބީއެމްއެލްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްފޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ބީއެމްއެލްއިން ފާހަގަކުރި އެވެ.

ބޭންކުން ހާމަކުރިގޮތުގައި، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ބޭންކުން ވަނީ އެކި ދާއިރާތަކަށް ގިނަ އަދަދެއްގެ ލޯނު ދޫކޮށްފައެވެ. އޭގެތެރޭގައި:

Advertisement

Advertisement 1
  1. ޓޫރިޒަމް ދާއިރާއަށް: 8.71 ބިލިއަން ރުފިޔާ
  2. އަމިއްލަ ފަރުދުންނަށް: 5.34 ބިލިއަން ރުފިޔާ
  3. އިމާރާތްކުރުމާއި ގެދޮރުވެރިކަމަށް: 5.09 ބިލިއަން ރުފިޔާ
  4. ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް: 2.40 ބިލިއަން ރުފިޔާ
  5. ވިޔަފާރިތަކަށް: 1.04 ބިލިއަން ރުފިޔާ
  6. އެހެނިހެން ދާއިރާތަކަށް: 1.11 ބިލިއަން ރުފިޔާ

ބީއެމްއެލްއިން ބުނީ، މި އަދަދުތަކުން އެކި ދާއިރާތަކަށް ބޭންކުގެ ރިސްކްތްރެޝްހޯލްޑް މިންގަނޑުގެ ތެރެއިން ލޯނު ދޫކުރަމުންދާކަން ހާމަވާ ކަމަށެވެ. މީގެ ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ބޭންކުން ދެމުންދާ އެހީތެރިކަން އިތުރަށް ހާމަކުރުންކަމަށެވެ.

ބީއެމްއެލްލޯނު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

16 ދުވަސް ކުރިން - 14:50

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

22 ދުވަސް ކުރިން - 08:48

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

26 ދުވަސް ކުރިން - 20:27

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

33 ދުވަސް ކުރިން - 14:26

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

36 ދުވަސް ކުރިން - 13:46

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

40 ދުވަސް ކުރިން - 19:04