Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުރިހާ ދިމާލެއްގައި ތުރްކިޔޭގެ ބާރު ގަދަވާތީ އިސްރާއީލުން ކަންބޮޑުވެއްޖެ

ހުރިހާ ދިމާލެއްގައި ތުރްކިޔޭގެ ބާރު ގަދަވާތީ އިސްރާއީލުން ކަންބޮޑުވެއްޖެ

ޢަބްދުﷲ ޖުނައިދު
296 ދުވަސް ކުރިން - 9 ނޮވެންބަރު 2025 12:35
މެދުއިރުމައްޗާއި ޤަލްފުގައި އެރްދޮޣާންގެ ބާރު ވަރަށް ގަދަވެއްޖެ. މިއީ ޔަހޫދީން ކަންބޮޑުވާ ކަމެއް.
މެދުއިރުމައްޗާއި ޤަލްފުގައި އެރްދޮޣާންގެ ބާރު ވަރަށް ގަދަވެއްޖެ. މިއީ ޔަހޫދީން ކަންބޮޑުވާ ކަމެއް.
ޚުލާސާ

އެރްދޮޣާންގެ ސަރުކާރުން ވަނީ އިސްރާއީލަށް ސަލާމަތީ ގޮތުންނާއި ޖާސޫސީ އެއްބާރުލުން ދިނުން ވެސް ކަނޑާލައި ޣައްޒާ ހަނގުރާމަ ހުއްޓުވަން ޢަރަބިން ލައްވާ އެމެރިކާއަށް ޕްރެޝަރުވެސް ކޮށްފަ.

ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާންގެ ވެރިކަމުގައި މެދުއިރުމައްޗާއި ގަލްފާއި ޔޫރަޕްގައި ހުރިހާ ގޮތަކުން ވެސް ތުރްކިޔޭގެ ބާރު ގަދަވަމުން އަންނަ ކަމަށް ބުނެ އިސްރާއީލުން ކަންބޮޑުވެ އެ ޤައުމުގެ މީޑިއާއިން އެ ވާހަކަ ދައްކަން ފަށައިފިއެވެ.

ތުރްކިޔޭ ދަނީ ޑިޕްލޮމެޓިކް ގޮތުންނާއި އަސްކަރީ ގޮތުން ވެސް އިތުރަށް ވަރުގަދަ ވަމުންނެވެ. ޔޫރަޕާއި މެދުއިރުމައްޗާއި ގަލްފުގައި ނުފޫޒު ވެސް ވަރުގަދަވަމުންނެވެ.

ޣައްޒާގެ ހަނގުރާމައިގައި ޙަމާސްގެ ވެރިންނާއި ސަރަޙައްދީ ޢަރަބި ޤައުމުތަކާއި މުޢާމަލާތްކޮށް އެ ސަރަޙައްދުގައި ޞުލްޙަ ޤާއިމް ކުރުމުގެ ޒިންމާ އުފުލަން އެރްދޮޣާންގެ ސަރުކާރުން ތައްޔާރަށް އޮތް އިރު، ސީރިއާގެ ތެރޭގައި ހަމަޖެހުން ޤާއިމްކޮށް ސީރިއާގެ އަސްކަރިއްޔާ ތަމްރީނު ކުރުމުގައި ވެސް މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަނީ ތުރްކިޔޭއެވެ.

Advertisement

Advertisement 1

މީގެ އިތުރުން ރަޝިޔާއިން ޔުކްރޭނުގައި (ނޭޓޯއާއި ދެކޮޅަށް) ކުރަމުންދާ ހަނގުރާމައިގައި އަސީރުން މިނިވަންކުރުމުގައި ވެސް މެދުވެރިޔަކީ އެރްދޮޣާންގެ ސަރުކާރެވެ.

އަސްކަރީ ގޮތުން ބާރު ގަދަ ތުރްކިޔޭ އިން ވަނީ މި ފަހުން ޓޭފޫން4 ގެ ނަމުން ނަން ދީފައިވާ ބާރުގަދަ ހައިޕަރސޮނިކް މިސައިލެއްވެސް އުފައްދާފައެވެ.

ޔޫރަޕްގެ އެކި ޤައުމުތަކުގައި ތުރްކިޔޭގެ ސިފައިން ޙަރަކާތްތެރިވެއެވެ. އޭގެތެރޭގައި ކޮސޯވޯ، ބޮސްނިއާ އެންޑް ހަރްޒެގޮވިނާ، އަލްބޭނިއާ އަދި އުތުރު މެސެޑޯނިއާ ހިމެނެއެވެ. މުޅި ޔޫރަޕާއި މެދުއިރުމައްޗާއި ގަލްފާއި އެފްރިކާ އަދި އޭޝިއާގެ ބައެއް ހިސާބުތަކުގައި އަސްކަރީ މަރުކަޒުތައް ތުރްކިޔޭއިން ވަނީ ހަދާފައެވެ.

ޤަޠަރުގައިވާ ތުރްކިޔޭގެ ބޭސްއަށް ތުރްކިޔޭގެ ސިފައިންތަކެއް ފައިބަނީ / ފޮޓޯ: ރޮއިޓާސް

ސީރިއާގެ އެތެރޭގައި އެކަނި 114 އަސްކަރީ ޕޯސްޓު ތުރްކިޔޭއިން ވަނީ ހަދާފައެވެ. ޣިރާޤުގެ ވެސް ބޭސްތައް އެބަހުއްޓެވެ. ސިންޖާރާއި ގަންދިލް ފަރުބަދަތަކުގައި ތުރްކިޔޭ އިން ވަނީ ބޮޑެތި ސަރަޙައްދުތައް ނަގައި މިލިޓަރީ މީހުންނާއި އާލާތްތައް ރުކުރުވާލާފައެވެ. ޤަޠަރުގެ އަލްއުދީދުގައި ވެސް ތުރްކިޔޭގެ ބޮޑު އަސްކަރީ މަރުކަޒެއް ޤާއިމް ކޮށްފައި ވާއިރު، ސޯމާލިއާ އާއި އަޒަރުބައިޖާނުގައި ތުރްކިޔޭގެ ސިފައިން އެބަތިއްބެވެ. މީގެ އިތުރުން ލީބިޔާ އަށް ވެސް އެރްދޮޣާންގެ އަސްކަރިއްޔާއިން ގެންދަވަނީ އަސްކަރީ ތަމްރީނާއި ލަފާ ދެމުންނެވެ.

ޓެރަރިޒަމާއި ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށް، އިއްތިހާދުގެ ސިފައިން ތަމްރީނުކުރުމާއި، މެދުއިރުމައްޗާއި އެފްރިކާ އަދި ޔޫރަޕްގައި ތުރްކިޔޭ ދަނީ ނުފޫޒު ގަދަކުރަމުންނެވެ. މިއީ އިސްރާއީލުން މެދުއިރުމަތި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތަށް އޮތް އެންމެ ބޮޑު ހުރަހެވެ.

ތުރްކިޔޭ ސަރުކާރުން ވަނީ އިސްރާއީލު ބާކީ ކުރުމަށް ފަހު ޙަމާސްގެ ލީޑަރުންނަށް ޙިމާޔަތްވެސް ދީފައެވެ. އަދި އިސްރާއީލަށް ސަލާމަތީ ގޮތުންނާއި ޖާސޫސީ އެއްބާރުލުން ދިނުން ވެސް ކަނޑާލައި، ބައިނަލްއަގްވާމީ ފޯރަމްތަކުގައި އިސްރާއީލުގެ ސިޔާސަތުތަކަށް ފާޑުކިޔައި، އިސްރާއީލާއި ދެކޮޅަށް އދ. އަށް މައްސަލަ ހުށަހަޅައި، މެދުއިރުމަތީގައި އޮތް ނުފޫޒު ބޭނުންކޮށްގެން ޣައްޒާ ހަނގުރާމަ ހުއްޓުވަން ޢަރަބީން ލައްވައި އެމެރިކާ އަށް ޕްރެޝަރުކުރީ ވެސް ތުރްކިޔޭއިންނެވެ.

ތުރްކިއޭމެދުއިރުމަތި
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަޒަން އުފެއްދުމުގައި ތުރްކިޔޭން އެމެރިކާ ފަހަތަށް ޖައްސާލައި 1 ވަނައަށް

ވަޒަން އުފެއްދުމުގައި ތުރްކިޔޭން އެމެރިކާ ފަހަތަށް ޖައްސާލައި 1 ވަނައަށް

11 ގަޑިއިރު ކުރިން - 09:12

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

1 ދުވަސް ކުރިން - 09:01

ތުރުކީ، ސައޫދީ އަދި ޕާކިސްތާނުގެ ދިފާއީ އެއްބަސްވުމާ މިސްރު ގުޅުމުގެ ފުރުސަތު އެބައޮތް: އެރްދޮގާން

"ތުރުކީ، ސައޫދީ އަދި ޕާކިސްތާނުގެ އެއްބަސްވުމާ މިސްރު ގުޅުމުގެ ފުރުސަތު އެބައޮތް"

16 ދުވަސް ކުރިން - 09:38

ތުރުކީގައި 'ސަންރޫފް' ސިސްޓަމްލީ ތަފާތު މިސްކިތެއް ބިނާކޮށްފި

ތުރުކީގައި 'ސަންރޫފް' ސިސްޓަމްލީ ތަފާތު މިސްކިތެއް ބިނާކޮށްފި

22 ދުވަސް ކުރިން - 06:43

ތުރުކީ ބާޒާރު ދިވެހި މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު

ތުރުކީ ބާޒާރު މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު!

31 ދުވަސް ކުރިން - 13:23

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

38 ދުވަސް ކުރިން - 20:07