އިންޓަނެޓުން ޣައްޒާ ހަނގުރާމައިގެ 42 މިލިއަނަށްވުރެ ގިނަ ހެކި ޑިލީޓްކޮށްލައިފި

ޢަބްދުﷲ ޖުނައިދު | 27 ދުވަސް ކުރިން - 8 ނޮވެންބަރު 2025 13:20
ފޮޓޯ: ޚުލާސާ
ފޮޓޯ: ޚުލާސާ
ޚުލާސާ

ޣައްޒާގައި އިސްރާއީލުން ހިންގި ޖަރީމާތައް ފޮރުވުމަށްޓަކައި ޔޫޓިއުބް އާއި ފޭސްބުކާއި އިންޓަނެޓުގެ އެކިއެކި ވަޞީލަތްތަކުން 42,695,700 ވީޑިއޯ އޢަި ޕޯސްޓް ޑިލީޓް ކޮށްފި.

ޒައެނިސްޓުން ޣައްޒާގެ މުސްލިމުން ދިރިތިއްބައި ކަތިލައި ބުރިބުރިކޮށް ވަލުޖަނަވާރުންނަށް ކާންދީ، އަދި އަލިފާނަށްލައި ޝަހީދުކޮށް ހިންގި ނަސްލު ނައްތާލުމުގެ ޖަރީމާތައް ފޮރުވައި ފަސް އެޅުމަށްޓަކައި އިންޓަނެޓުގެ އެކިއެކި ޕްލެޓްފޯމްތަކުގައި ހުރި ސާޅީސްދެމިލިއަން ހަސަތޭކަނުވަދިހަފަސްލައްކަ ހަތްސަތޭކަ ވީޑިއޯ އާއި ފޮޓޯތައް ޑިލީޓް ކޮށްލައިފިއެވެ.

ދެންމެ ތުރްކިޔޭގެ މަސްދަރަކުން ބުނީ މި ޢަމަލުތައް ހިންގުމުގައި އިސްކޮށް އުޅުނީ އިސްރާއީލާއި އެމެރިކާއެވެ.

އެމެރިކާއިން މިހާރު ޓިކްޓޮކް ގަންނަން މަސައްކަތްކުރާއިރު، ޓިކްޓޮކް އިން ވަނީ ޣައްޒާގައި އިސްރާއީލުން ހިންގި ޖަރީމާ ތަކުގެ 3،100،000 (ތިންމިލިއަން އެއްލައްކަ ވީޑިއޯ) ޑިލީޓް ކޮށްލާފައެވެ. މެޓާ އިން 38،800،000 (ތިރީސްއަށްމިލިއަން އަށްލައްކަ) ޑިލީޓްކުރިއިރު ޔޫޓިއުބުން ވަނީ 700 ވީޑިއޯ ޑިލީޓް ކޮށްލާފައެވެ.

މީގެ އިތުރުން އެހެނިހެން ޕްލެޓްފޯމުތަކުގައިވާ އެތައް މިލިއަން މަޢުލޫމާތުތައް ޑިލީޓް ކޮށްލާފައިވާއިރު، އިސްރާއީލުން ހިންގާ ވިކިޕީޑިއާ ޕްލެޓްފޯމުގައި ޣައްޒާގެ ނަސްލު ނައްތާލުމާއި ގުޅުން ހުރި ޕޭޖްތައް މިހާރު ވަނީ އެޑިޓް ނުކުރެވޭ ގޮތަށް ލޮކް ވެސް ކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%