ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީތެރކަމާ އެކު، ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ ނުވަތަ "ވަރަ އެކްސްޕޯ 2025" ފަށައިފި އެވެ.
މި އެކްސްޕޯއަކީ ހަޔާ އެޑިއުކޭޝަން، މިނިސްޓްރީން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
މިކަމާ ގުޅިގެން ބީއެމްއެލްއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މި އެކްސްޕޯ މާދަމާ ރޭ 22:00 އާއި ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެ ކަމަށެވެ. މި އެކްސްޕޯގެ ބޭނުމަކީ، ވަޒީފާ އާއި ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތައް އެއްތަނަކުން ހޯދުމުގެ މަގު ފަހިކޮށްދީ، ދިވެހި ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން ބާއްވާ އެކްސްޕޯއެއް ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.
މި އެކްސްޕޯ ފަށާފައިވަނީ އިއްޔެ ހަވީރު 16:00 ގައެވެ.
މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ބީއެމްއެލް އެވެ. ބީއެމްއެލްއިން އެކްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރެކްޓިވް ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއްވެސް ގާއިމުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. ނިމިދިޔަ 2024 ވަނަ އަހަރުވެސް މިފަދަ އެކްސްޕޯއެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ފަހަރު 10،000 އަށްވުރެ ގިނަ މީހުން އެކްސްޕޯއަށް ޒިޔާރަތްކުރި އެވެ.






