Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ ފަޅު ހުސްކުރަން އަންގައިފި

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ ފަޅު ހުސްކުރަން އަންގައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
305 ދުވަސް ކުރިން - 6 ނޮވެންބަރު 2025 10:17
ހުޅުމާލެ ތިންވަނަ ފިޔަވަހި. ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމަށް އެ ސަރަހައްދުން ނަގާ އުޅަނދުތައް ބޭއްވުމަށް ގުޅިފަޅާއި، ކުޑަގިރި އަދި ތިލަފުށީ ފަޅުން ބައެއް އެޗްޑީސީއިން ވަނީ ކަނޑައަޅައިފަ--- ފޮޓޯ: އެޗްޑީސީ

ޚުލާސާ

އެޗްޑީސީއިން ވަނީ މިރޭ 00:00ގެ ކުރިން މި އުޅަނދުތައް ނަގައި އެ ތަކެތި ބެހެއްޓުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައި ބޭއްވުމަށް އެދިފަ

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށްޓަކައި، އެ ސަރަހައްދުގެ ފަޅު ހުސްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

މިކަމާ ގުޅިގެން އެޗްޑީސީއިން ނެރުނު އިއުލާނެއްގައި ބުނީ، މި މަސައްކަތް އަލުން ފެށުމަށްޓަކައި، އެ ސަރަހައްދުގައި މަސައްކަތް ކުރުމަށް ދަތިވާ ގޮތަށް އަޅާފައިހުރި އުޅަނދުތައް ނަގައި، ވަގުތީ ގޮތުން އެހެން ސަރަހައްދެއް އުޅަނދު އެޅުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

Advertisement

Advertisement 1

އެޗްޑީސީއިން ނެރެފައިވާ އިއުލާނުގައި، މި މަސައްކަތްކުރާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މިރޭ 00:00ގެ ކުރިން އެ ސަރަހައްދުން ނަގައި އުޅަނދުތައް ވަގުތީ ގޮތުން ބޭއްވުމަށް ހަމަޖައްސާފައި ސަރަހައްދުތަކުގައި ބޭއްވުމަށް ވަނީ އެދިފަ އެވެ.

އެގޮތުން މި އުޅަނދުތައް ބޭއްވުމަށް ގުޅިފަޅާއި، ކުޑަގިރި އަދި ތިލަފުށީ ފަޅުން ބައެއް އެޗްޑީސީއިން ވަނީ ކަނޑައަޅައިފަ އެވެ. އެ ރަށްރަށުގެ ފަޅުގައި އުޅަނދުތައް ބާއްވާނެ ސަރަހައްދުތަކުގެ ޗާޓުވެސް އެޗްޑީސީގެ އިއުލާނާ އެކު ވަނީ އާންމުކޮށްފަ އެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކަން ފެށުމަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އެޗްޑީސީއިން މީގެކުރިންވެސް އިއުލާނުކޮށްފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

އެޗްޑީސީއިން ވަނީ އާންމު ރައްޔިތުންނާއި އުޅަނދުތައް ގެންގުޅޭ ފަރާތްތަކުން ދެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރާ ކޮށްފަ އެވެ.

ހުޅުމާލެއެޗްޑީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލެ ފޭސް 2 ގެ ބީޗްގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ފޭސް-2ގައި މޫދަށް އެރޭނެ ސަރަހައްދަކާއި މަސްބާނާ ސަރަހައްދެއް ގާއިމްކުރަނީ

17 ގަޑިއިރު ކުރިން - 08:48

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

3 ދުވަސް ކުރިން - 14:00

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

4 ދުވަސް ކުރިން - 10:44

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

5 ދުވަސް ކުރިން - 10:57

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

7 ދުވަސް ކުރިން - 13:11

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

10 ދުވަސް ކުރިން - 11:00