ލޭ މަދުވާ މައްސަލައިގައި އީރާނުން އިންޖެކްޝަނެއް އުފައްދައިފި

ޢަބްދުﷲ ޖުނައިދު | 30 ދުވަސް ކުރިން - 5 ނޮވެންބަރު 2025 21:13
ކުއްލި ޚަބަރު: ލޭ މަދުވާ މައްސަލައިގައި އީރާނުން އިންޖެކްޝަނެއް އުފައްދައިފި
ކުއްލި ޚަބަރު: ލޭ މަދުވާ މައްސަލައިގައި އީރާނުން އިންޖެކްޝަނެއް އުފައްދައިފި
ޚުލާސާ

ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ލޭމަދުވާ މައްސަލަ ހައްލުކުރުމަށް އީރާނުން އިންޖެކްޝަނެއް އުފައްދައިފި

އެނީމިއާ ބަލި ހުންނަ މީހުންގެ ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުކޮށްދޭ އަދި މިކަމަށްޓަކައި މިހާރު ހުރި ދުނިޔޭގެ އެންމެ ވަރުގަދަ ސަޕްލިމެންޓް އީރާނުގެ ސައެންސްވެރިން ކާމިޔާބުކަމާއި އެކު އުފައްދައިފި ކަމަށް އެ ޤައުމުން ދެންމެ އިޢުލާން ކޮށްފިއެވެ.

އީރާނުގެ ސައިންސްވެރިން އުފެއްދީ ދަގަނޑުގެ ބައި މަދުވުމުން ލޭ މަދުވާ މައްސަލައިގައި ފަރުވާ ދިނުމަށް ޖަހާ ސަޕްލިމެންޓް އިންޖެކްޝަނެކެވެ.

އީރާނުގެ ހެލްތު މިނިސްޓްރީން ބުނީ އެ ޤައުމުގެ ބަޔޯމެޑިކަލް ރިސާޗް ސެންޓަރުތަކުގެ ސައިންސްވެރިން މަސައްކަތް ކުރަނީ އެ ޤައުމުގައި އިންތިހާ އަށް ގިނަ މިފަދަ ބަލިމީހުންނަށް ބޭނުންވާ ބޭސްތައް ބޭރުގެ ޤައުމުތަކުން އިމްޕޯޓްކުރަން ޖެހޭތީ އެކަމަށް ބަރޯސާވުން ކުޑަކުރުމަށެވެ.

ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ލޭމަދުވާ މައްސަލަ ހައްލުކުރުމަށް އުފެއްދި މި ސަޕްލިމެންޓް އިންޖެކްޝަނަކީ ތެލަސީމިއާގެ ބައްޔަށް ހުރި ވެކްސިނެއް ނޫނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

3 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%