ލަންކާ ކަނޑުގެ ސިފައިން އެ ގައުމުގެ ހުޅަނގު ކަނޑުން 335 ކިލޯގެ މަސްތުވާ ތަކެއްޗާއި އެކު އަތުލައިގަތް "ސީދެވީ" ނަމަކަށް ކިޔާ ބޯޓަށް މަސްތުވާ ތަކެތި ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާތީ ފުލުހުން އެކަން ދޮގު ކޮށްފިއެވެ.
މި ބޯޓާއި އޭގައިވާ ތަކެއްޗާއި އަދި އޭގައި ތިބި ހަފަޅުވެރިންގެ އިތުރުން ބޯޓުގެ ވެރިފަރާތް ލަންކާ ސިފައިން ބަންދުކޮށްފައިވާއިރު، ފާއިތުވި ދެއަހަރު ތެރޭގައި މެދުއިރުމައްޗާއި އިރުދެކުނު އޭޝިއާއާ ދެމެދު ޓްރާންސިޓް ހަބެއްގެ ގޮތުގައި ދެކުނު އޭޝިއާ ސަރަހައްދު ބޭނުންކުރާ ކަމަށް ވެއެވެ.
2023 ވަނަ އަހަރު ބެރޫވާލާ އާއި ނެގޮމްބޯ ގެ ކަނޑުގެ ސަރަހައްދުން ލަންކާ ސިފައިން ވަނީ 850 ކިލޯއަށް ވުރެ ގިނަ ހެރޮއިން އަތުލައިގަނެފައެވެ. އަދި މިދިޔަ އަހަރު ޓްރިންކޮމާލީ ކައިރިން އިތުރު 290 ކިލޯގެ މެތަމްފެޓަމިން ހޯދާފައި ވެއެވެ.






