ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު

މުހައްމަދު ޖަމްޝަތު | 26 ދުވަސް ކުރިން - 4 ނޮވެންބަރު 2025 13:56
މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުން---ފޮޓޯ:މަޖިިލިސް އިދާރާ
މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުން---ފޮޓޯ:މަޖިިލިސް އިދާރާ
ޚުލާސާ

މި އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ މިހާތަނަށް ސަރުކާރުން ހުށަހެޅި އެންމެ ބޮޑު ބަޖެޓު. ބަޖެޓުން 9.3 ބިލިއަން ހަރަދުކުރަނީ ދަރަނި އަދާކުރަން

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދޭން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ބަޖެޓުގެ ކަންކަން މަޖިލިހުގައި ކުރިއަށްގެންދާނެގޮތް އާންމުކޮމިޓީން ވަނީ ނިންމާފައެވެ. އެގޮތުން، ބަޖެޓަށް ބަހުސް ކުރުމުގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ވަގުތެއް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ބަޖެޓާ ގުޅޭގޮތުން މާލީ ވަޒީރާ ސުވާލުކުރުމަށް 45 މިނެޓުގެ ވަގުތެއް ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ. އަދި ބަޖެޓުގެ ރިޕޯޓް ކޮމިޓީން ނިންމައި، ތަޅުމަށް ހުށަހެޅުމުން ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތެއް ދިނުމަށްވެސް އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ސަރުކާރުން ވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފަ އެވެ. ބަޖެޓް ދިރާސާ ކުރާނީ އެކަމަށް ހާއްސަ ކޮމިޓީންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%