ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ހާލު ދެރަވި އަފްލާހް ނިޔާވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 32 ދުވަސް ކުރިން - 3 ނޮވެންބަރު 2025 06:29
އަލީ އަފްލާހް އަބްދުﷲ. ނިޔާވިއިރު އުމުރަކީ 25 އަހަރު.
އަލީ އަފްލާހް އަބްދުﷲ. ނިޔާވިއިރު އުމުރަކީ 25 އަހަރު.
ޚުލާސާ

އަފްލާހު ނިޔާވީ މިރޭގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް. ނިޔާވިއިރު އުމުރަކީ 25 އަހަރު.

އާދީއްތަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި އެމްޕީއެލް ބަނދަރު ސަރަހައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ސީރިއަސް އަނިޔާތަކެއްވެ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އަފްލާހް ނިޔާވެއްޖެ އެވެ.

ގއ. ގެމަނަފުއްޓަށް އުފަން އުމުރުން އަލީ އަފްލާހް އަބްދުﷲ ނިޔާވިއިރު އުމުރަކީ 25 އަހަރެވެ.

މި ހާދިސާގައި ފަރުވާދެމުންދަނިކޮށް ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިން ވެސް ވަނީ ނިޔާވެފަ އެވެ. އޭނާ އަކީ އެމްޕީއެލްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެކެވެ. މި ހާދިސާގައި ޖުމްލަ ހަ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އޭގެ ތެރޭގައި އެކްސަވޭޓަރުތަކެއް ފެނެ އެވެ. އަދި ބަންޑުން ޖަހާލި ވަގުތު އޭގައި އައްސާފައި ހުރި ވާގަނޑުތައް ކަނޑައިގެންދާ މަންޒަރު ފެނެ އެވެ.

މި ހާދިސާގައި ދެން ތިބި އެންމެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ ސަލާމަތްކޮށްފަ އެވެ.

މަޝްހޫރު ނަމުން ނަމަ ކޫބެ އަކީ ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ.

މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން!

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%