ކޮޅުވެއްޓި ހާދިސާގައި މީހަކު ނިޔާވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 33 ދުވަސް ކުރިން - 2 ނޮވެންބަރު 2025 18:02
ކުއްލި ހަބަރު
ކުއްލި ހަބަރު
ޚުލާސާ

ނިޔާވެފައިވަނީ ބިދޭސީ އެއް ކަމަށްވާ މަސްއޫދް ހުސައިން (32) އަހަރު. މި ހާދިސާގައި ހިނގި އިރު ޖޮޅުވެއްޓިގައި 14 މީހުން ތިބި.

މާލޭ އެމްޕީއެލް ސަރަހައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު ނިޔާވެއްޖެ އެވެ.

މި ހާދިސާގައި ބިދޭސީ އެއް ނިޔާވެފައިވާކަން ފުލުހުން ޔަގީންކޮށްދެއްވާފައިވާ އިރު މީގައި ބާކީ ތިބި 13 މީހުން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ ސަލާމަތްކޮށްފަ އެވެ. ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސްއޫދު ހުސައިން (32 އަހަރު) އެވެ. އޭނާ މަރުވި އިރު ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި އަނިޔާވި 25 އަހަރުގެ ދިވެއްސަކަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

މި ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ މިއަދު މެންދުރު ފަހު 15:44 ހާއިރު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ ހައިމާކު ތަކެއް ބާލަން އުޅުމުގެ ތެރޭގަ އެވެ. އަނިޔާވި އެންމެނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މިދިޔަ މަހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭ އިރު ދެން ނިޔާވެފައިވަނީ ބަންގްލަދޭޝް ރައްޔިތަކާއި ލަންކާ ރައްޔިތެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%