އަޕްޑޭޓް: ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގެ ތެރޭގައި ތިބީ 14 މީހުން، އެންމެން ވެސް ފެނިއްޖެ

އައިޝަތު ރުވާ ރިފްޢަތު | 33 ދުވަސް ކުރިން - 2 ނޮވެންބަރު 2025 17:49
ކުއްލި ހަބަރު
ކުއްލި ހަބަރު
ޚުލާސާ

މި ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ މިއަދު 15:44 ހާއިރު. ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު.

މާލޭ އެމްޕީއެލް ސަރަހައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލިއިރު އޭގައި ތިބީ 14 މީހުން ކަމަށާއި އެ އެންމެން ވެސް ފެނިފައވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ 14 މީހުްގެ ތެރެއިން އެކަކަށް ބޮޑެތި ޒަހަމްތަކެއްވެ ހާލު ސީރިއަސް ވެފައިވާ ކަމަށެވެ. އަދި އެމީހާ އަކީ ބިދޭސީ މީހެއް ކަމަށެވެ.

މިއަދު 15:44 ހާއިރު އެ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މީހަކު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބުނެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ މީހަކު ނިޔާވި ކަމެއް ޔަގީންކުރެވިފައި ނުވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ ހައިމާކު ތަކެއް ބާލަން އުޅުމުގެ ތެރޭގަ އެވެ.

އެންމެ ފަހުގެ އަޕްޑޭޓް:


TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%