ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހަ މީހަކަށް ފަރުވާ ދެނީ

އައިޝަތު ރުވާ ރިފްޢަތު | 33 ދުވަސް ކުރިން - 2 ނޮވެންބަރު 2025 17:21
ކުއްލި ހަބަރު.
ކުއްލި ހަބަރު.
ޚުލާސާ

އެމްޕީއެލް ސަރަހައްދުގައި ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ މިއަދު 15:44 ހާއިރު. މި ހާދިސާގައި އެކަކު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބޭ.

މާލޭ އެމްޕީއެލް ސަރަހައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އޭގައި ތިބި ހަ މީހަކަށް ސީރިއަސް އަނިޔާތަކެއްވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

މިއަދު 15:44 ހާއިރު އެ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މީހަކު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ މީހަކު ނިޔާވި ކަމެއް ޔަގީންކުރެވިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާގައި މިހާތަނަށް ޖުމްލަ ހަ މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި ހަތަރު ދިވެހިން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ ހައިމާކު ތަކެއް ބާލަން އުޅުމުގެ ތެރޭގަ އެވެ.

އެންމެ ފަހުގެ އަޕްޑޭޓް:


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%