Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޯޓު ކަރުދާސްތައް ރާއްޖޭގައި ޗާޕުކޮށްފިނަމަ އަޅުގަނޑުގެން ނަން އޮންނާނެ: ޔާމީން

ވޯޓު ކަރުދާސްތައް ރާއްޖޭގައި ޗާޕުކޮށްފިނަމަ އަޅުގަނޑުގެން ނަން އޮންނާނެ: ޔާމީން

އައިޝަތު ރުވާ ރިފްޢަތު
311 ދުވަސް ކުރިން - 31 އޮކްޓޫބަރު 2025 16:10
ކުރީގެ ރައީސް އަބްދުﷲ ޔާމީން. އެމަނިކުފާނު ވިދާޅުވީ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް.
ކުރީގެ ރައީސް އަބްދުﷲ ޔާމީން. އެމަނިކުފާނު ވިދާޅުވީ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް.
ޚުލާސާ

ޕީއެންއެފްގެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރަން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ކޯޓުގައި އޮތް މައްސަލަތަކުގައި އެމަނިކުފާނުގެ އުންމީދު އެބައޮތް ކަމަށް.

2028 ގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތައް ރާއްޖޭގައި ޗާޕުކޮށްފި ނަމަ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ ކޯޓުގައި އޮތް އެމަނިކުފާނުގެ މައްސަލައިގައި ސަލާމަތްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އެމަނިކުފާނުގެ ލޯޔަރުންނާއި ލީގަލް ޓީމަށް ވެސް އެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޔާމީން ވިދާޅުވީ ސަރުކާރުގެ އެތެރެއިން ކަންކަން ހިނގާ ގޮތާއި ރައްޔިތުންގެ މަޖިލިސް ތެރޭގައި ކަންކަން ހިނގާ ގޮތް އިނގިލައްވާ ކަމަށާއި ވަރަށް ގިނަ ބޭފުޅުން އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ދަނީ ވިދާޅުވަމުން ކަމަށެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި ނެތް ނަމަ އެ ކަރުދާސްތަކަކީ ރާއްޖޭގައި ޗާޕުކުރާ ކަރުދާސްތަކެއް ނޫން ކަމަށެވެ.

Advertisement

Advertisement 1

"ސަރުކާރުގެ އެތެރެއިން ކަންކަން ހިނގާ ގޮތް އަޅުގަނޑަށް އެބަ އިނގޭ، ރައްޔިތުންގެ މަޖިލީހުގެ އެތެރެއިން ކަންކަން ހިނގާ ގޮތް އެބަ އިނގޭ. ހަމަ ކަށަވަރު ބަސް ދެމުން ދެމުން އެ އަންނަނީ ރައީސް ޔާމީންގެ ނަމެއް ވޯޓު ކަރުދާހުގައި ނޯންނާނެއޭ. އެހެންވެއްޖެއްޔާ އެ ވޯޓު ކަރުދާސް ދިވެހިރާއްޖެއަކު ނޫން ޗާޕުކުރާނީކީ. ރައީސް ޔާމީނުގެ ނަން އިރާދަކުރެއްވިއްޔާ ވޯޓު ކަރުދާހުގައި އޮންނާނެ." ޔާމީން ވިދާޅުވި އެވެ.

ނިމިދިޔަ ހަފްތާގައި ޔާމީން ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިނުގަނެ ހއ. ދިއްދޫ އަށް ވަޑައިގެންފަ އެވެ. އެހެންކަމުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރި ކަމުގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިމިފައިވާއިރު މިހާރު ވަނީ ހުކުމަކާ ހަމައަށް އައިސްފަ އެވެ. އަވަސް މުއްދަތެއްގައި ހުކުމް އިއްވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް ފަޑިޔާރު ބެންޗުން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓު: "އަހިވަކަކާ ޖެހި އަހިވަކެއް ފާވާނެ"

ރިޕޯޓު: "އަހިވަކަކާ ޖެހި އަހިވަކެއް ފާވާނެ"

22 ގަޑިއިރު ކުރިން - 06:50

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

1 ދުވަސް ކުރިން - 23:52

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

1 ދުވަސް ކުރިން - 08:40

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

13 ދުވަސް ކުރިން - 11:16

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

15 ދުވަސް ކުރިން - 13:11

ކުރީ ސަރުކާރުން ބިންތައް ދީފައި ހުރި ފަރާތްތަކުން ބިންތައް އަތުލައި އަނިޔާވެރިވުމަށް ޔާމީން ގޮވާލައިފި

ބިންތައް ދީފައިހުރި ފަރާތްތަކުން ބިންތައް އަތުލައި އަނިޔާވެރިވުމަށް ޔާމީން ގޮވާލައިފި

21 ދުވަސް ކުރިން - 14:01