Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

18 މީޑިއާއަކަށް ދައުލަތުން 28 މިލިއަން ރުފިޔާ ދެނީ

18 މީޑިއާއަކަށް ދައުލަތުން 28 މިލިއަން ރުފިޔާ ދެނީ

މުހައްމަދު ޖަމްޝަތު
225 ދުވަސް ކުރިން - 29 އޮކްޓޫބަރު 2025 19:32
ރައީސް ޑރ. މުއިއްޒު ނޫސްވެރިންނާއެކު---
ރައީސް ޑރ. މުއިއްޒު ނޫސްވެރިންނާއެކު---
ޚުލާސާ

މި އަހަރު އެންމެ ގިނަ ރުފިޔާ ލިބެނީ ސަންގު ޓީވީއަށް، ދެވަނައަށް ވީޓީވީ އަށް އަދި ތިންވަނަ އަށް އެސްއެސްޓީވީ އަށް

ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައިފިއެވެ.

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ވައުދުގެ ދަށުން މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އޮގަސްޓްމަހުގެ ތެެރޭގައެވެ. އަދި އެ މުއްދަތު ހަމަވެފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުގައެވެ.

މީޑިއާތަކަށް ދޫކުރާ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް ވަނީ އާންމުކޮށްފަ އެވެ. އާންމުކުރި ލިސްޓުގައިވާ ގޮތުން މި އަހަރު އެންމެ ގިނަ ރުފިޔާ ލިބެނީ ސަންގު ޓީވީއަށެވެ. ސަންގު ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު ދެވަނައަށް އެންމެ ގިނަ އިން ރުފިޔާ ލިބެނީ ވީޓީވީއަށެވެ. އެ ޓީވީއަށް ތިން މިލިއަން ރުފިޔާ ލިބެއެވެ. ތިން ވަނައަށް އެންމެ ގިނަ ރުފިޔާ ލިބެނީ އެސްއެސްޓީވީއަށެވެ. އެޓީވީއަށް 2.9 މިލިއަން ރުފިޔާ ލިބެއެވެ.

Advertisement

Advertisement 1

މީޑިއާތަކަށް ލިބުނު ފައިސާގެ ތަފުސީލު:

  1. ސަންގު ޓީވީ: 3.8 މިލިއަން ރުފިޔާ
  2. ވީޓީވީ: 3 މިލިއަން ރުފިޔާ
  3. އެސްއެސްޓީވީ: 2.9 މިލިއަން ރުފިޔާ
  4. ވީނިއުސް އެމްވީ: 1.1 މިލިއަން ރުފިޔާ
  5. ވަން އޮންލައިން: 1.37 މިލިއަން ރުފިޔާ
  6. ސަން އޮންލައިން: 1.33 މިލިއަން ރުފިޔާ
  7. ސަންގު އޮންލައިން: 1.3 މިލިއަން ރުފިޔާ
  8. ވޮއިސް އެމްވީ: 1.36 މިލިއަން ރުފިޔާ
  9. ދަ ޕްރެސް: 1.34 މިލިއަން ރުފިޔާ
  10. ދައުރު ނޫސް: 1.3 މިލިއަން ރުފިޔާ
  11. މިހާރު ނޫސް: 1.29 މިލިއަން ރުފިޔާ
  12. މިހާރުގެ އިނގިރޭސި އެޑިޝަން: 1.17 މިލިއަން ރުފިޔާ
  13. ތިލަދުން: 1.2 މިލިއަން ރުފިޔާ
  14. އަދަދު ނޫސް: 1.17 މިލިއަން ރުފިޔާ
  15. ތީރު މީޑިއާ: 1.14 މިލިއަން ރުފިޔާ
  16. ދިޔަރެސް: 1.1 މިލިއަން ރުފިޔާ
  17. ގާފު އޮންލައިން: 1 މިލިއަން ރުފިޔާ
  18. މާލްދީފް އޮންލައިން: 899,197.77 ރުފިޔާ

މީޑިއާތަކަށް ބަޖެޓުން ދޫކުރަނީ ބަޖެޓުގެ 0.1 ޕަސެންޓެވެ. އަމިއްލަ ކޮންމެ މީޑިއާއަކަށްވެސް ކުރިމަތި ލެވޭނެ މިންގަނޑުތައް ބަޔާން ކުރާ "މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު"ގެ ދަށުން ފައިސާ ދޫކުރާނީ ތިން ޕޭމަންޓަކަށް ބަހާލައިގެންނެވެ.

މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށް ފުރިހަމަ ވާންޖެހޭ އެންމެ މުހިންމު އެއް އަސާސަކީ، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމާއި، އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުމެވެ.

މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރަށް ވާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކޮންމެ އަހަރަކު މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.

މިފަދަ އެހީއެއް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އުފެއްދުންތެރި ކޮންޓެންޓް ނުވަތަ ރިޕޯޓާއި ޚަބަރު ފަތުރައި، ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރު ކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުސަތުތައްވެސް ފަހިވެގެންދާނެ ދާއިރާއަކަށް ނުވަތަ އިންޑަސްޓްރީއަކަށް ހެދުމަކީ ވެސް މިފަދަ އެހީއެއް ފޯރުކޮށްދިނުމުގެ މަގުސަދެކެވެ.

މީޑިއާޔޫތު މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ރާފީއު އައްޔަންކުރައްވައިފި

ޔޫތު އަދި ސްޕޯޓްސް މިނިސްޓަރަކަށް ރާފިއު އައްޔަނުކުރައްވައިފި

58 ދުވަސް ކުރިން - 19:51

ޔޫތް މިނިސްޓަރު އަސްވާޑު އިސްތިއުފާ ދެއްވައިފި

ޔޫތް މިނިސްޓަރު އަސްވާޑު އިސްތިއުފާ ދެއްވައިފި

58 ދުވަސް ކުރިން - 13:29

މަޖިލީހުން ޒުވާނުންނަށް ހާއްސަ ފުރުސަތުތަކެއް ދޭން ނިންމުމާ ގުޅިގެން އުފާފާޅުކުރުމަށް ބާބަކިއުއެއް ބާއްވަނީ

ޒުވާނުންނަށް މަޖިލީހުން ފުރުސަތުދޭން ނިންމުމުން ހާއްސަ ހަރަކާތެއް

78 ދުވަސް ކުރިން - 21:17

ޔޫތު މިނިސްޓްރީއިން ޒުވާނުންނަށް ހާއްސަކޮށް ފޯރިގަދަ "ޔޫތު އޯޕަން ޑޭ" އެއް ބާއްވަނީ

ޔޫތު މިނިސްޓްރީއިން "ޔޫތު އޯޕަން ޑޭ" ބާއްވަނީ

135 ދުވަސް ކުރިން - 19:25

ޝަރުތު ހަމަވި 40 މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

ޝަރުތު ހަމަވި 40މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

148 ދުވަސް ކުރިން - 20:18

ޝަރުތު ހަމަވި 40 މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

ޝަރުތު ހަމަވި 40މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

148 ދުވަސް ކުރިން - 20:18