ތުލުސްދޫގެ ކުނި މެނޭޖްކުރުމުގެ ހިދުމަތާ ވެމްކޯއިން ހަވާލުވެއްޖެ

މުހައްމަދު ޖަމްޝަތު | 38 ދުވަސް ކުރިން - 28 އޮކްޓޯބަރު 2025 18:10
ތުލުސްދޫގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން---ފޮޓޯ: ރައީސް އޮފީސް
ތުލުސްދޫގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ތުލުސްދޫގައި 3.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޒަމާނީ ވަސީލަތްތައް ހިމެނޭ ކުނި މެނޭޖުކުރާ ފެސިލިޓީއެއް ގާއިމުކުރަން އަމިއްލަ ކުންފުންޏަކާއި ވަނީ ހަވާލުކޮށްފަ

ކ. ތުލުސްދޫގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އާ ހަވާލުކޮށްފި އެވެ.

ތުލުސްދޫގެ ކުނި މެނޭޖުކުރުމަށް އެ ރަށު ކައުންސިލާއެކު ވެމްކޯއިން ވަނީ މިއަދު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ކ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުލުސްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލެވެ. އަދި ތުލުސްދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ "ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މޭޖްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ތުލުސްދޫގައި ވޭސްޓް މެނޭޖްކުރާނެ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއި ވަނީ ހަވާލުކޮށްޮފަ އެވެ.

ތުލުސްދޫގައި ގާއިމުކުރާ ސެންޓަރަކީ 3.51 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމުކުރާ ސެންޓަރެކެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ސެންޓަރުގެ މަސައްކަތް ނިމޭއިރު އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%