މި އަހަރު ނިމޭ ހިސާބުގައި ޓެކްސީ ލައިންގެ ހިދުމަތް ފެށިގެންދާނެ: މިނިސްޓަރު އަމީން

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 34 ދުވަސް ކުރިން - 27 އޮކްޓޯބަރު 2025 14:32
މިނިސްޓަރު އަމީން. މިނިސްޓަރު އަމީން ވަނީ އަންނަ ޖެނުއަރީ މަހުގެ ކުރިން ޓެކްސީ ލައިންގެ ހިދުމަތް ފަށާނެކަމުގެ ޔަގީންކަން ދީފަ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިނިސްޓަރު އަމީން. މިނިސްޓަރު އަމީން ވަނީ އަންނަ ޖެނުއަރީ މަހުގެ ކުރިން ޓެކްސީ ލައިންގެ ހިދުމަތް ފަށާނެކަމުގެ ޔަގީންކަން ދީފަ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ރާއްޖެއަކީ ލޮނުގެ އަސަރުކުރާ ގައުމަކަށްވެފައި އަދި ރާއްޖެއަކީ އައިލެންޑް ނޭޝަންއަކަށްވުމުން އުޅަނދުތަކަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސްގެން ޓެކްސީ ލައިންގެ ހިދުމަތް ފަށާނެކަމަށް މިނިސްޓަރު ވިދާޅުވި

މި އަހަރު ނިމޭ ހިސާބުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްސީ ލައިންގެ ހިދުމަތް ފަށަން ސަރުކާރުން ނިންމީ ޓެކްސީގައި ހުރި ދަތިތައް އާންމު ގިނަ ރައްޔިތުން ފާހަގަކުރަމުން ދާތީ ކަމަށެވެ.

ޓެކްސީ ލައިން ފަށާއިރު ސަރުކާރުން ނިންމީ އިލެކްޓިރްކް އުޅަނދު ގެނައުމަށް ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އެހެންނަމަވެސް އިލެކްޓްރިކް އުޅަނދު ގެންނަން ބަލާއިރު ރާއްޖޭގެ މާހައުލަށް މިފަދަ އުޅަނދު ނުފެތޭ ކަމަށާއި، އަދި މާހައުލަށް ފެތޭ ގޮތަށް އުޅަނދުތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފެށުން ލަސްވާ ސަބަބަކީ ރާއްޖެއަކީ ލޮނުގެ އަސަރުކުރާ ގައުމަކަށްވެފައި އަދި ރާއްޖެއަކީ އައިލެންޑް ނޭޝަންއަކަށްވުމުން އުޅަނދުތަކަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެންނަނާތީ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މި ކަންކަން ނިމުމާއެކު މި އަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޓެކްސީ ލައިންގެ ހިދުމަތް ފެށިގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު އަމީން ދެއްވި އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%