Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗައިނާ އާއި ކުޅެން ފެށުމުން އެމެރިކާއަށް އަރިދަފުސްރޯގާ ޖެހިއްޖެ

ޗައިނާ އާއި ކުޅެން ފެށުމުން އެމެރިކާއަށް އަރިދަފުސްރޯގާ ޖެހިއްޖެ

ޢަބްދުﷲ ޖުނައިދު
271 ދުވަސް ކުރިން - 27 އޮކްޓޫބަރު 2025 13:42
ޗައިނާއާ ކުޅެން ފެށުމުން އެމެރިކާއަށް "އަރިދަފުސްރޯގާ’ ޖެހިއްޖެ
ޗައިނާއާ ކުޅެން ފެށުމުން އެމެރިކާއަށް "އަރިދަފުސްރޯގާ’ ޖެހިއްޖެ
ޚުލާސާ

ވިޔަފާރީގައި އެމެރިކާއިން ޗައިނާ އާއި ކުޅެން ފެށުމުން ޗައިނާއިން ހެދި ގޮތަކީ ޒަމާނީ ޓެކްނޮލޮޖީގައި އެންމެ މުހިންމު މަޢުދަންތައް އެމެރިކާއަށް ލިބުމުގައި ދަތިކޮށްލައި އެމެރިކާ ސައިޒުކޮށްލުން.

އެމެރިކާ އިން ފެށި ވިޔަފާރީގެ ހަނގުރާމަ ޗައިނާ އިން ކާމިޔާބުކޮށް އެމެރިކާ އަށް ވުރެ މާ ފަސޭހައިން ޗައިނާއިން “ނޭވާލަމުން”ދާކަމަށް ދަ އިކޮނޮމިސްޓް އިން ރިޕޯޓް ކޮށްފިއެވެ.

ޗައިނާގެ އިޤްތިޞާދު ކުރިއަރަމުންދާތީވެ ޓްރަމްޕު ކުރެއްވި ކަމަކީ ޗައިނާގެ މުދަލުން ނަގާ ޓެރިފް ބޮޑުކޮށް ޗައިނާގެ މުދަލަށް އެމެރިކާގައި ބަރޯސާވުން ކުޑަކުރުމަށް، އެމެރިކާގެ އެތެރޭގެ އުފެއްދުންތައް އިތުރު ކުރުމަށް ބޮޑެތި އެކްޝަންތައް ނެންގެވުމެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޗައިނާގެ މުދަލަށް 100 ޕަސެންޓް ޓެރިފް ނަގާނެ ކަމަށް އެމެރިކާއިން އިޢުލާންކޮށް ހަރުކަށި އުޞޫލުތަކެއް ޗައިނާ އާއި ދެކޮޅަށް ތަންފީޛު ކުރުމަށް އިޢުލާންކުރި އިރުއްސުރެ ޗައިނާ އޮތީ މިއަދާއި ހަމަޔަށް ވެސް ވަރަށް “ކޫލް” ކޮށެވެ.

Advertisement

Advertisement 1

ޓްރަމްޕުގެ ވެރިކަމުގައި އޭނާ ގެންދަވަނީ ޗައިނާ އަށް ވަރަށް ބޮޑަށް “ފިއްތައިލުމަށް” މަސައްކަތް ކުރަމުންނެވެ. މި އަހަރުގެ މެއި މަހުގެ ނިޔަލަށް ޗައިނާގެ މުދަލުން ޓެރިފްގެ ގޮތުގައި 51.1 ޕަސަންޓް އެމެރިކާއިން ދިޔައީ ނަގަމުނެނެވެ.

ދެން ފެނުނީ އެމެރިކާ އިން މާބޮޑަށް ހައްދުފަހަނަ އެޅި މަންޒަރެވެ. ޗައިނާގެ ބައެއް ތަކެތިން ނަގާ ޓެރިފް 145 ޕަސެންޓާއި ހަމަޔަށް އެރުވިއެވެ. އެންމެފަހުން ޗައިނާއިން ވެސް ގޮތް ދުލެއް ނުކުރިއެވެ. ޗައިނާ އިން ކުރި ކަމަކީ އެމެރިކާގެ ބައެއް ތަކެއްތިން ނަގާ ޓެރިފް 146 ޕަސަންޓަށް ބޮޑުކޮށްލީއެވެ. އަދި ކިއެއްތަ ޗައިނާއިން ބަދަލުހިފީ ސުމާޓް ފޯނާއި ސެޓެލައިޓާއި ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީގެ ބައިތަކާއި ހަތިޔާރުތަކަށް ބޭނުންވާ މަޢުދަން އެކްސްޕޯޓްކުރުން ވެސް ލިމިޓް ކޮށްގެންނެވެ.

ވިޔަފާރީގެ ހަނގުރާމައިގައި ޗައިނާއިން ކާމިޔާބު ހޯދަނީ ބިމުއަޑީގެ މަޢުދަންތަކުގެ އެކްސްޕޯޓް ކޮންޓްރޯލް ކޮށްގެންނެވެ.

ދުނިޔޭގެ ޒަމާނީ ޓެކްނޮލޮޖީއަށް އެންމެ މުހިންމު އަދި އެންމެ ތަދު މަޢުދަންތަކުގެ 70 ޕަސެންޓް ހުރީ ޗައިނާގައެވެ. އެމެރިކާ އިން ޗައިނާ އާއި ދެކޮޅަށް ވިޔަފާރީގެ ހަނގުރާމަ ފުޅާކުރުމާއި އެކު ޗައިނާއިން ކުރި ކަމަކީ އެމެރިކާ އަށާއި އެމެރިކާގެ ރައްޓެހި ޤައުމުތަކަށް އެކްސްޕޯޓްކުރާ މުހިންމު 17 ވައްތަރެއްގެ މަޢުދަން ލިމިޓް ކޮށްލީއެވެ. މިއާއި އެކު އެމެރިކާއަށް “އަރިދަފުސް ރޯގާ ޖެހި”، ވަރަށް ބޮޑަށް އެމެރިކާގެ “ނޭފަތުން ފެން އައިސް” އުނދަގޫތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. ޭކްނޮލޮޖީ އަށް ބޭނުންވާ މުހިއްމު ބައިތައް ހޯދުމަށް އެމެރިކާ އަށް ދަތިވެއްޖެއެވެ.

ވާނީ ވެސް އެހެންތާއެވެ. އެމެރިކާ އިން ޗައިނާ އާއި ކުރިމަތިލުމުން ޗައިނާއިން މި ހެދި ގޮތަކީ އެމެރިކާ އަށް ނުވިސްނި އޮތް “ބަލި ފައިގައި” ހިފައިލީއެވެ. އެއީ، ބެޓެރީ ތަކާއި އިލެކްޓްރިކް ވެހިކަލްތަކާއި އިންޖީނުތަކާއި ހަތިޔާރުތަކަށް ބޭނުންވާ މުހިންމު ބައިތައް އުފެއްދުމުގައި އެމެރިކާއަށާއި އެމެރިކާގެ ރައްޓެހި ހުރިހާ ޤައުމަކަށް ވެސް ފިއްތައިލުމެވެ. މުހިންމު މަޢުދަންތައް އެކްސްޕޯޓް ކުރުމުގައި ލިމިޓް ކޮށްލުމެވެ.

އެއާއި އެކު އެމެރިކާގެ ކަރުބުޑުގައި “ހިތިރަހަ” ލާން ފެށިއެވެ. “ނޭވާ ލުމަށް” އުނދަގޫވިއެވެ. އެމެރިކާ އަށް ދެން މަޖުބޫރުވީ ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހި ޓެރިފް މައްސަލަ އަށް ލުއި ދިނުމަށެވެ.

އެމެރިކާއިން މިހާރު ގެންދަނީ ޗައިނާ އާއި މަޝްވަރާ ކޮށްގެން އެކަށިގެންވާ ޙައްލެއް ލިބޭނެ ގޮތެއް ފެނޭތޯ މަސައްކަތް ކުރަމުން ކަމަށް ޚަބަރު ލިބެއެވެ.

ޗައިނާއެމެރިކާރިޕޯޯޓް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

13 ގަޑިއިރު ކުރިން - 20:07

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

8 ދުވަސް ކުރިން - 16:01

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

11 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

12 ދުވަސް ކުރިން - 01:08

ތޫފާން ބާވީ ޗައިނާއަށް އަރައި، 1.7 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާއަށް ތޫފާނެއް އަރައި، މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

14 ދުވަސް ކުރިން - 23:28

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26