އެސްޓީއޯ ބަލިކޮށް ކުލަބް މޯލްޑިވްސް ގެ ތަށި އާރުޑީސީން ދެވަނަ ފަހަރު ހޯދައިފި

އައިޝަތު އީމާން | 40 ދުވަސް ކުރިން - 26 އޮކްޓޯބަރު 2025 14:27
ކުލަބް މޯލްޑިވްސްގެ ތައްޓާއެކު އާރުޑީސީގެ ޓީމު އުފާފާޅުކުރަނީ. - ފޮޓޯ: ކުލަބް މޯލްޑިވްސް
ކުލަބް މޯލްޑިވްސްގެ ތައްޓާއެކު އާރުޑީސީގެ ޓީމު އުފާފާޅުކުރަނީ. - ފޮޓޯ: ކުލަބް މޯލްޑިވްސް
ޚުލާސާ

ފައިނަލް މެޗު އާރުޑީސީން ކާމިޔާބުކުރީ 5-7 ގެ ނަތީޖާއިން އެސްޓީއޯ ބަލިކުރުމަށް ފަހު. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އާރުޑީސީގެ އަފްޒާލް އަށް.

ރާއްޖޭގައި ބޭއްވޭ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް ކަމަށްވާ "ކުލަބް މޯލްޑިވްސް ކަޕް 2025"ގެ ތަށި އާރުޑީސީން ދެވަނަ ފަހަރަށް ހޯދައިފި އެވެ. އެ ކުލަބުން މި ތަށި ނާގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ފައިނަލް މެޗުގައި އެސްޓީއޯ ބަލިކުރުމަށްފަހު އެވެ.

7-5 ގެ ނަތީޖާއިން އާރުޑީސީ މޮޅުވި މި މެޗުގައި އާރުޑީސީގެ އަފްޒާލް އާއި ޝާމިސް، މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ގޯލު ޖަހާފަ އެވެ. އާރުޑީސީގެ ގޯލުތައް ގެން ޖަހާފައިވަނީ އީރާން ކުޅުންތެރިއާ މޮހްސިން އާއި އާދަމް ނާސިހެވެ. މީގެ އިތުރުން އެސްޓީއޯގެ ކީޕަރު ޒުހަލް އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ. އެސްޓީއޯގެ ގޯލުތައް ޖަހާފައިވަނީ އިސްމާއިލް އީސަ (މެސީ) ގެ ހެޓް-ޓްރިކެއް އިތުރުން މުހައްމަދު އިމްރާނާއި، އީރާނުގެ ހޮދދަދާދީ އެވެ.

2021 ވަނަ އަހަރުގެ ޗެމްޕިއަން އާރުޑީސީ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުލަބެވެ. މިދިޔަ ދެ އަހަރު ވެސް އެ ކުލަބު ވަނީ ފައިނަލް ކުޅެފަ އެވެ. ރޭ ފައިނަލުގައި އެސްޓީއޯއާ ކުޅުމުގެ ކުރިން ގްރޫޕް ސްޓޭޖުގައި ވެސް މި ދެ ކުލަބު ވާދަކުރި އެވެ. އެ މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކުރީ އާރުޑީސީ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާ ނުވަތަ "ކިންގް އޮފް ދަ ޓޯނަމެންޓް" ލިބުނީ އާރުޑީސީގެ ޒުވާން ކުޅުންތެރިއާ، އަހްމަދު އަފްލާޒަަށެވެ. އަދި އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ؛

  1. އަހްމަދު އަފްޒާލް (އާރުޑީސީ)
  2. އިބްރާހިމް އަސްވަދު (އާރުޑީސީ)
  3. މުހައްމަދު ލުފްސާން (އާރުޑީސީ)
  4. އަލީ ހައީޝަމް (އެސްޓީއޯ)
  5. ހޮދަދާސީ (އެސްޓީއޯ)

މި މުބާރާތުގައި އެންމެ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ އާރުޑީސީގެ އާދަމް ނާސިހާއި ޝަނާން ރަޝާދެވެ. މި ދެ ކުޅުންތެރިންވެސް ވަނީ ޖުމްލަ ނުވަ ގޯލު ޖަހާފަ އެވެ.

އެންމެ އުންމީދީ ކުޅުންތެރިއަކަށް މޯލްޑިވިއަންގެ މުހައްމަދު އަބްދުﷲ ހޮވިފައިވާއިރު، އެންމެ މޮޅު ކޯޗަކަށް ކޯޗަކަށް ހޮވިފައިވަނީ އާރުޑީސީގެ އިސްމާއިލް ޝަރީފު (އިއްސެ) އެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ރަނައަޕް އެސްޓީއޯ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%