Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޖޭއެސްސީގެ ރައީސްކަމާއި މެންބަރުކަމުން ރިޒާ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި

ޖޭއެސްސީގެ ރައީސްކަމާއި މެންބަރުކަމުން ރިޒާ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
227 ދުވަސް ކުރިން - 26 އޮކްޓޫބަރު 2025 16:58
ހުސައިން ރިޒާ. ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވޭ--- ފޮޓޯ: ޖޭއެސްސީ
ހުސައިން ރިޒާ. ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވޭ--- ފޮޓޯ: ޖޭއެސްސީ
ޚުލާސާ

ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ އިސްތިއުފާ ދެއްވިއިރު މިރޭ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުވެސް ވަނީ ކެންސަލް ކޮށްފަ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމާއި މެންބަރުކަމުން މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.

ޖޭއެސްސީގައި ރިޒާ އިންނަވަނީ އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުގެ ގޮތުގަ އެވެ. ރިޒާ ޖޭއެސްސީން އިސްތިއުފާދެއްވިކަން ޖޭއެސްސީން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އޭނާ އިސްތިއުވާ ދެއްވި ސަބަބެއް ހާމައެއް ނުކުރެ އެވެ.

ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ އިސްތިއުފާ ދެއްވިއިރު، ކްރިމިނަލް ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް މިރޭ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުވެސް ވަނީ ކެންސަލް ކޮށްފަ އެވެ. މި ރަސްމިއްޔާތު ކެންސަލްކުރި ވަކި ސަބަބެއްވެސް ޖޭއެސްސީން ހާމަކޮށްފައެއް ނުވެ އެވެ.

Advertisement

Advertisement 1

ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަނުކުރި މެމްބަރެވެ. ޖޭއެސްސީގެ މެމްބަރުކަމަށް ރިޒާ އިންހާބުކުރީ ނިމިދިޔަ 2024 އަަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

ޖޭއެސްސީ އެކުލެވިގެން ވަނީ ދިހަ މެމްބަރުންގެ މައްޗަށެވެ. އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރަކާއި އެޓާނީ ޖެނެރަލް ހިމެނެއެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލިސް ރައީސް އާއި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބޭފުޅަކާއި މަޖިލީހުން އައްޔަން ކުރައްވާ އާއްމުންގެ މެމްބަރާއި އަދި މަޖިލީހުން ރުހުންދޭ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ހިމެނެއެވެ. ދެން ޖޭއެސްސީގައި ތިއްބަވަނީ ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލަނީ

ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލަން ގާނޫނު އިސްލާހުކުރަނީ!

51 ދުވަސް ކުރިން - 21:00

ހައިކޯޓަށް އިސް ފަނޑިޔާރެއް، ފެމިލީ ކޯޓަށް އިސް ގާޒީއެއް ހޯދަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

76 ދުވަސް ކުރިން - 20:04

ހައިކޯޓުގެ ފަނޑިޔާރު ޝަފީއު ޖޭއެސްސީއަށް އައްޔަނު ކޮށްފި

ހައިކޯޓުގެ ފަނޑިޔާރު ޝަފީއު ޖޭއެސްސީއަށް އައްޔަނު ކޮށްފި

108 ދުވަސް ކުރިން - 12:58

ހައި ކޯޓަށް ރައޫފު އަދި ޝަފީއު އައްޔަންކުރަނީ

ހައި ކޯޓަށް ރައޫފު އަދި ޝަފީއު އައްޔަންކުރަނީ

128 ދުވަސް ކުރިން - 12:58

ޖޭއެސްސީއަށް ފަނޑިޔާރު ހަސަން ޝަފީއު

ޖޭއެސްސީއަށް ފަނޑިޔާރު ހަސަން ޝަފީއު

153 ދުވަސް ކުރިން - 22:10

ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

183 ދުވަސް ކުރިން - 19:52