ސައުތު ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް 2024 ގައި ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަން އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ޑެޕިއުޓީ މިނިސްޓަރު މުންސިފް ރުޝްދީ މޮޑެރޭޓް ކުރެއްވި ފުރަތަމަ ޕެނަލްގައި ކެނެރީފް މޯލްޑިވްސްގެ ޑައިރެކްޓަރ އުސްތާޒް އަހްމަދު ހަމްޒާއާއި، މޯލްޑިވިއަން އޭރޯއިން އިން އިސްމާއިލް އަމްރާހް އުމަރު އަދިޓްރާންސް މޯލްޑިވިއަނުން އައިޝަތު އާލާ އަބްދުލް ހަންނާން ބައިވެރިވިއެވެ.
ޓޫރިޒަމް ކުރިއެރުމަށް ހުރި ހުރަސްތަކުން އަރައިގަތުމާ މެދު މަޝްވަރާ ކުރިއިރު ޑެޕިއުޓީ މިނިސްޓަރު މީނާސް ޝައުގީ މޮޑެރޭޓް ކުރެއްވި ސެޝަން 2 ގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ދެކުނު ސަރަހައްދުތައް މާކެޓްކުރުމަށެވެ.



