މުސްލިމެއް ކަމަށްވާ މަމްދާނީ އެމެރިކާގެ މޭޔަރަކަށް އައިސްދާނެތީވެ ޑީޕޯޓްކޮށްލެވޭތޯ މަސައްކަތް ފަށައިފި

ޢަބްދުﷲ ޖުނައިދު | 36 ދުވަސް ކުރިން - 25 އޮކްޓޯބަރު 2025 23:47
ކުއްލި ޚަބަރު: މުސްލިމް މަމްދާނީ އެމެރިކާގެ މޭޔަރަކަށް އައިސްދާނެތީވެ ޑީޕޯޓްކޮށްލެވޭތޯ ބަލަނީ
ކުއްލި ޚަބަރު: މުސްލިމް މަމްދާނީ އެމެރިކާގެ މޭޔަރަކަށް އައިސްދާނެތީވެ ޑީޕޯޓްކޮށްލެވޭތޯ ބަލަނީ
ޚުލާސާ

ނިއުޔޯކުގެ މޭޔަރަކަށް މުސްލިމެއް ކަމަށްވާ މަމްދާނީ އައިސްދާނެތީވެ އޭނާގެ ރައްޔިތުކަން ބާޠިލްކޮށް ޑީޕޯޓްކޮށްލެވޭތޯ ޓްރަމްޕުގެ ޕާޓީން އެދިއްޖެ.

އެމެރިކާގެ ނިއުޔޯކުގެ މޭޔަރު ކަމަށް ކުރިމަތިލައިގެން އުޅުއްވާ، އަދި އެ ގޮނޑި ކާމިޔާބުކުރައްވާނެ ކަމުގެ ޔަޤީންކަން ހުރިހާ ޕޯލަކުންވެސް ހޯދާފައިވާ ޒޮހްރާން މަމްދާނީގެ ރައްޔިތުކަމާއި މެދު ސުވާލު އުފެއްދުމަށްފަހު އޭނާ ޑީޕޯޓްކޮށްލެވޭތޯ ޓްރަމްޕުގެ ޕާޓީން މަސައްކަތް ފަށައިފިއެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން މިހާރު ވަނީ ޒޮހްރާން މަމްދާނީ އެމެރިކާގެ ރައްޔިތުކަން ހީއްދެވީ އޮޅުވާލައިގެން ކަމަށާއި، އޭނާ ހުށަހެޅުއްވި ލިޔެކިޔުންތަކުގައި ތަފާތުތަކެއް ހުރި ކަމަށް ބުނެ، ޑިޕާޓްމަންޓް އޮފް ޖަސްޓިސް އަށް މައްސަލަ ހުށަހަޅައި، އެމެރިކާގެ ރައްޔިތުކަން ދިންދިނުން ބާޠިލްކޮށް އޭނާ ޑީޕޯޓް ކުރުމަށް އެދިފައެވެ.

2018 ގައި އެމެރިކާގެ ރައްޔިތަކަށް ވެވަޑައިގެންނެވި މަމްދާނީ އުފަންވީ ޔޫގަންޑާގެ ކަމްޕަލާ އަށެވެ. އޭނާ އަކީ އެމެރިކާގެ ޑިމޮކްރެޓިކް ސޯޝަލިސްޓުގެ މެންބަރެއްގެ އިތުރުން ކުއީންސް ތަމްސީލު ކުރައްވާ ސްޓޭޓް އެސެމްބްލީގެ ވެސް މެމްބަރެކެވެ.

ނިއުޔޯކް ސިޓީގެ މޭޔަރު ކަމުގެ އިންތިޚާބު އޭނާ ކާމިޔާބު ކުރައްވާނެ ކަމަށް ޓްރަމްޕް ވެސް ޤަބޫލުކުރައްވައެވެ.

މަމްދާނީ އާއި ދެކޮޅަށް އެއްވެސް ޝަރީއަތެއް ނުވަތަ ތަޙްޤީޤެއް ވެސް ޖަސްޓިސް ޑިޕާޓްމަންޓުން ކުރިޔަށް ގެންދާ ކަމެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%