Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އުފާވެރި ހަބަރެއް: ބީޓީއެސްގެ ޝޯއެއް އަންނަ އަހަރު އިންޑިއާގައި

އުފާވެރި ހަބަރެއް: ބީޓީއެސްގެ ޝޯއެއް އަންނަ އަހަރު އިންޑިއާގައި

އައިޝަތު ރުވާ ރިފްޢަތު
262 ދުވަސް ކުރިން - 25 އޮކްޓޫބަރު 2025 18:24
ކޭ-ޕޮޕް ބޭންޑް ބީޓީއެސް
ކޭ-ޕޮޕް ބޭންޑް ބީޓީއެސް
ޚުލާސާ

ޝޯތައް ބާއްވާނެ ކަމަށް ލަފާކުރެވޭ އެހެން ސިޓީތަކުގެ ތެރޭގައި ލަންޑަން، ޕެރިސް، ޓޯކިޔޯ އަދި ލޮސް އެންޖެލެސް ހިމެނޭ.

ދެކުނު ކޮރެއާގެ ދުނިޔޭގެ މަޝްހޫރު ކޭ-ޕޮޕް ބޭންޑް ބީޓީއެސްއިން އިންޑިއާގެ މުމްބާއީގައި ޝޯއެއް ބާއްވަން ނިންމައިފި އެވެ.

ލަފާކުރެވޭ ގޮތުގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓުއާގެ ދަށުން ދުނިޔޭގެ 20 ސިޓީއެއްގައި ބީޓީއެސް އިން ޝޯ ދޭނެކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

އެގޮތުން، ބީޓީއެސް އިން ދާދި ފަހުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އެ ބޭންޑުގެ އަލްބަމެއް އެންމެ އަވަހަށް އާންމުންނާ ހަމައަށް ނެރެވޭނެ ކަމަށް ލަފާކުރަނީ އަންނަ އަހަރުގެ މާޗް މަހުގައި ކަމަށެވެ. މީގެ އިތުރުން ޝޯތައް ބާއްވާނެ ކަމަށް ލަފާކުރެވޭ އެހެން ސިޓީތަކުގެ ތެރޭގައި ލަންޑަން، ޕެރިސް، ޓޯކިޔޯ އަދި ލޮސް އެންޖެލެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް، މިހާތަނަށް އެ ބޭންޑުން މިކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

Advertisement

Advertisement 1

މިފަހަރުގެ ޓުއާ އަށް ތައްޔާރުވުމަށްޓަކައި، ބީޓީއެސްގެ ހުރިހާ ލަވަކިޔުންތެރިން މިހާރު ވަނީ އަސްކަރީ ހިދުމަތް ފުރިހަމަކޮށްފަ އެވެ. އަދި އަންނަ އަހަރު ނެރުމަށް ތައްޔާރުވަމުންދާ އާ އަލްބަމުގެ މަސައްކަތްތަކަށް އެ ފަރާތްތައް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އިންޑިއާގެ ފޭނުންނަށް މިއީ އާދަޔާހިލާފު އުފާވެރި ހަބަރެކެވެ. ސަބަބަކީ، 2020 ވަނަ އަހަރު ބީޓީއެސް އިން އިންޑިއާގެ މުމްބާއީގައި ޝޯއެއް ބާއްވަން ނިންމާފައިވީ ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެ ފަހަރުގެ ޝޯ ކުރިއަށް ނުގެންދެވުނުތީ އެވެ.

އިންޑިއާގައި ބީޓީއެސްގެ ޝޯއެއް ބާއްވާނެ ކަމަށް ރިޕޯޓްކޮށްފައިވާއިރު، މިކަމަށް ބާރުދޭ އިތުރު ސަބަބެއް ވެސް އެބައޮތެވެ. އެއީ އެ ބޭންޑްގެ މައި ކުންފުނި ކަމަށްވާ ހައިބް އިން ދެކުނު އޭޝިއާގައި ވިޔަފާރި ފުޅާކުރުމުގެ ގޮތުން އޯވަސީސް ހެޑްކުއާޓަރެއް މި އަހަރު މުމްބާއީގައި ހުޅުވާފައިވުމެވެ. މިއީ އިންޑިއާގައި ކޭ-ޕޮޕްގެ މަގުބޫލުކަން އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ.

ބީޓީއެސް އަށް އިންތިޒާރުކުރާ އެތައް މިލިއަން ފޭނުންނަށް، އެ ބޭންޑުގެ ރަސްމީ އިއުލާނަކަށް މިހާރު އިންތިޒާރުކުރެވެމުންނެވެ.

ބީޓީއެސް ބޭންޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

34 ދުވަސް ކުރިން - 11:23

ބީޓީއެސްގެ ވޯލްޑް ޓުއާ ފޯރިއާއެކު ފަށައިފި

ބީޓީއެސްގެ ވޯލްޑް ޓުއާ ފޯރިއާއެކު ފަށައިފި

94 ދުވަސް ކުރިން - 23:54

100,000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ބީޓީއެސް އިން އަލުން ސްޓޭޖަށް!

ލައްކައަށްވުރެ ގިނަ ސަޕޯޓަރުންނާއެކު ބީޓީއެސް އަލުން ސްޓޭޖަށް!

115 ދުވަސް ކުރިން - 01:49

ބީޓީއެސްގެ އާ ފެށުން: ހާއްސަ ކޮންސެޓާއި ޑޮކިއުމެންޓްރީ ނެޓްފްލިކްސްއިން މުޅި ދުނިޔެއަށް

ބީޓީއެސްގެ އެނބުރި އައުން ނެޓްފްލިކްސްއިން ދައްކަނީ

161 ދުވަސް ކުރިން - 20:44

މެކްސިކޯގައި ބީޓީއެސްގެ އިތުރު ޝޯތަކެއް ބޭއްވުމަށް އެ ގައުމުގެ ރައީސް އާއި ކޮރެއާގެ ރައީސަށް ސިޓީއެއް ފޮނުއްވައިފި

ބީޓީއެސް ޝޯތައް އިތުރުކުރަން މެކްސިކޯއިން އެދިއްޖެ

164 ދުވަސް ކުރިން - 22:08

ބީޓީއެސްގެ ބޮޑު ކަމްބެކް: 79 ކޮންސެޓާއެކު ބިލިއަން ޑޮލަރުގެ އާމްދަނީއެއް

ބީޓީއެސްގެ 79 ކޮންސެޓާއެކު ބިލިއަން ޑޮލަރުގެ އާމްދަނީއެއް

182 ދުވަސް ކުރިން - 23:52