ޓޫރިޒަމް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ ސައުތު ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް 2024 މެންހަޓަން ބިޒްނަސް ހޮޓަލުގައި ބާއްވައިފިއެވެ.
ޓޫރިޒަމް މިނިސްޓަރީން ބުނީ މި ހަރަކާތުގެ މަޤްޞަދަކީ މާލެ ސަރަހައްދާއި އަޅާބަލާއިރު ޓޫރިޒަމް ދަށް ދެކުނު ސަރަޙައްދުތަކުގައި، ޚާއްސަކޮށް އައްޑޫ ސިޓީ، ހުވަދޫ އަތޮޅު، އަދި ފުވައްމުލައް ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމެވެ.
މި ސިމްޕޯޒިއަމް ހުޅުވައިދެއްވަމުން މިނިސްޓަރު ފައިސަލްވަނީ ބައިނަލްއަގްވާމީ ގުޅުން ރަނގަޅުކުރުމާއި ފަތުރުވެރިކަން ކުރިއެރުމަށް ހުރި ގޮންޖެހުންތަކާ ކުރިމަތިލުމާ ގުޅޭ މަޝްވަރާތަކަށް މަގުފަހިކޮށްދެއްވާފައިކަން ފާހަގަ ކުރެވެއެވެއެވެ.

ސައުތު ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް 2024 ތެރެއިން - ފޮޓޯ: މިނިސްޓްރީ
މި ސިމްޕޯޒިއަމްގައި ޓޫރިޒަމް އޮޕަރޭޓަރުންނާއި، އެއާލައިންތަކާއި، ސަރުކާރުގެ އިދާރާތައް ހިމެނޭ ގޮތަށް އިންޑަސްޓްރީއާއި ގުޅުންހުރި މުހިންމު ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މި ސިމްޕޯޒިއަމުން މި ދާއިރާތަކުގެ ފަތުރުވެރިކަން އިތުރުކުރުމަށް ކުރު އަދި މެދު މުއްދަތުގެ އެކްޝަން ޕްލޭންތަކަށް މަގުދައްކައިދޭނެ ކަމަށް ބެލެވެ އެވެ.









