Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސައިބާ ކްރައިމް ހުއްޓުވުމުގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވެއްޖެ

ސައިބާ ކްރައިމް ހުއްޓުވުމުގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވެއްޖެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
315 ދުވަސް ކުރިން - 25 އޮކްޓޫބަރު 2025 17:05
ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާކްރައިމްގައި ބައިވެރިވުމަށް ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ސޮއިކުރައްވަނީ--- ފޮޓޯ: ފޮރިން މިނިސްޓްރީ
ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާކްރައިމްގައި ބައިވެރިވުމަށް ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ސޮއިކުރައްވަނީ--- ފޮޓޯ: ފޮރިން މިނިސްޓްރީ
ޚުލާސާ

އެ މުއާހަދާގައި ސޮއިކުރުމަށްފަހު މިނިސްޓަރު ހަލީލް ވިދާޅުވީ ސައިބާ ކްރައިމްއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ކުރަންޖެހޭ ކަންކަން ރާއްޖެއިންވެސް ކުރާނެކަމަށް

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރާ އދގެ މުއާހަދާ (ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާކްރައިމް)ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މި މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފައިވަނީ ވިއެޓްނާމުގައި މިހާރު ކުރިއަށްދާ ޔޫއެން ކޮންވެންޝަން އެގެއިންޓް ސައިބާ ކްރައިމްގެ ހައި ލެވެލް އޯޕެނިން ބައްދަލުވުމުގެ ތެރެއިންނެވެ. ރާއްޖޭގެ ފަރާތުން މި މުއާހަދާގައި ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ނިންމުމަކީ ރައްކާތެރި ޑިޖިޓަލް މުސްތަގުބަލެއް ރާއްޖޭގައި ގާއިމުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

Advertisement

Advertisement 1

މިނިސްޓަރު ހަލީލް ވިދާޅުވި ގޮތުގައި، ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަކީ ސައިބާ ކްރައިމްގެ ޝިކާރައަކަށް ފަސޭހައިން ވެވިދާނެ ގައުމުތަކެއް ކަމަށާއި ސަބަބަކީ ސައިބާ ކްރައިމްތަކުން ރައްކާތެރިވުމަށް ބޭނުންވާ ވަސީލްތައް ނެތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންނަމަވެސް ގޮންޖެހުންތަކާ އެކުގައިވެސް ރާއްޖެއިން ފަހަތަށް ނުޖެހި، ސައިބާ ކްރައިމް ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް މިނިސްޓަރ ހަލީލް ވިދާޅުވި އެވެ.

މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައިކަން ފާހަގަކޮށްލަން ޖެހެ އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

9 ދުވަސް ކުރިން - 20:12

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

53 ދުވަސް ކުރިން - 20:25

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

72 ދުވަސް ކުރިން - 13:00

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

114 ދުވަސް ކުރިން - 12:11

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ މަޝްވަރާތައް އަވަސްކުރަނީ

114 ދުވަސް ކުރިން - 12:09

މިނިސްޓަރު އިރުތިޝާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގަންނަވައިފި

މިނިސްޓަރު އިރުތިޝާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް

116 ދުވަސް ކުރިން - 15:01