ދުނިޔޭގެ ކޮންމެ ހިސާބަކުން އެއްފަހަރާ އެއްހާސް މިސައިލް ފޮނުވާލި ކަމުގައި ވިޔަސް އެ ހުރިހާ މިސައިލެއް އެއްފަހަރާ ޓްރެކް ކުރެވޭ ވަރުގެ “ފުރަތަމަ ގްލޯބަލް މިސައިލް ޝީލްޑް” ޗައިނާއިން އުފައްދައި އެމެރިކާ ފަހަތަށް ޖައްސާލައިފިއެވެ. މި ސިސްޓަމަކީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ދުނިޔޭގެ ކޮންމެ ބައްރަކުން މިސައިލެއް ފޮނުވައިލިޔަސް ދެނެގަނެވޭނެ ނިޒާމެކެވެ. އެމެރިކާ އަދިވެސް އޮތީ “ބްލޫޕްރިންޓް” މަރުޙަލާގައެވެ.
ބެއިޖިންގ އިން މިހާރު ވަނީ މި ސިސްޓަމް ޓެސްޓު ކުރުމަށްފަހު އެ ޤައުމުގެ ސިފައިންނާއި ޙަވާލުކޮށްފައެވެ.
ޗައިނާގެ ސައިންސްވެރިން ބުނާ ގޮތުގައި ޖައްވާއި ކަނޑާއި ބިމުގެ ކޮންމެ ހިސާބަކުން މިސައިލެއް ފޮނުވައިލިޔަސް އެ މިސައިލެއް ފޮނުވާލާ ވަގުތު (ވަގުތުންވަގުތަށް) އެ މިސައިލް ފޮނުވާލާ ތަނާއި އޭގެ ބޜުމިން ވެސް ޗައިނާއިން ޤާއިމް ކުރި ސިސްޓަމުން ދެނެގަނެ އަދި އެ މިސައިލް ޓްރެކް ވެސް ކުރެއެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެމެރިކާގައި ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ “ގޯލްޑަން ޑޯމް” މިސައިލް ޝީލްޑް މަޝްރޫޢު އަދިވެސް އޮތީ ބްލޫޕްރިންޓް މަރުޙަލާގައެވެ. ކުރިޔަށް އޮތް މަސްތަކުގައި ވެސް އެމެރިކާ އަކަށް އެކަން ކުރެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ޚުދު އެމެރިކާއަށް އޮތްހެނެއްވެސް ހިއެއް ނުވެއެވެ. ސަބަބަކީ އޭގެ މަސައްކަތް ކުރިޔަށް ދާނަމަ އެކަމާއި ގުޅޭ ތަފްޞީލް އެ ޤައުމުން ދޭނެއެވެ. އެމެރިކާ އަކީ “ފޮނިކަނޑަން”ވެސް އެފަދަ ވާހަކަތުގެ އަޕްޑޭޓްތައް މީގެ ކުރިންވެސް ދެމުންދާ ޤައުމަކަށް ވެފައި މިހާތަނަށް ގޯލްޑެން ޑޯމް ސިސްޓަމުގެ މަޝްރޫޢުގެ ކުރިއެރުންތަކުގެ ވާހަކައެއް އެ ޤައުމުން ބުނެފައި ނުވާތީއެވެ.









