Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޯޓުލާން ޑިޖިޓަލް އައިޑީ ބޭނުމެއް ނުކުރެވޭނެ: އިލެކްޝަންސް ކޮމިޝަން

ވޯޓުލާން ޑިޖިޓަލް އައިޑީ ބޭނުމެއް ނުކުރެވޭނެ: އިލެކްޝަންސް ކޮމިޝަން

މުޙައްމަދު ޖިނާން ހުސައިން ޖަބީން
319 ދުވަސް ކުރިން - 25 އޮކްޓޫބަރު 2025 13:43
އައްޑޫ ހިޔާލު ހޯދުމުގެ ވޯޓުގެ ކަންކަން ކުރިއަށް ދަނީ. މިހާތަނަށް ވޯޓުލައިފައި ވަނީ އެންމެ 1،661 މީހުން--- ފޮޓޯ: ޚުލާސާ
އައްޑޫ ހިޔާލު ހޯދުމުގެ ވޯޓުގެ ކަންކަން ކުރިއަށް ދަނީ. މިހާތަނަށް ވޯޓުލައިފައި ވަނީ އެންމެ 1،661 މީހުން--- ފޮޓޯ: ޚުލާސާ
ޚުލާސާ

އީސީގެ އަދާހަމަތަކުން ދައްކާ ގޮތުގައި 12 ޖެހުމާ ހަމައަށް ވޯޓުނުލާ 7،915 މީހުން އެބަ ތިބި. އެއީ ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ 82 އިންސައްތަ

ވޯޓުލާން ޑިޖިޓަލް އައިޑީ ކާޑު ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން ބުނެފައި މިވަނީ، އަައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ހެދުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ބައެއް ފަރާތްތަކުން ވޯޓުލާން އަންނައިރު ޑިޖިޓަލް އައިޑީ ކާޑު ގެންދާތީ އެވެ.

މިއަދު ހެނދުނު 08:00ގައި ވޯޓުލުމުގެ ކަންކަން ފަށާފައިވާއިރު، މިހާތަނަށް ވޯޓު ލާފައިވަނީ އެންމެ 1،661 މީހުންނެވެ. އެއީ 17.35 އިންސައްތަ މީހުންނެވެ. އެހެންކަމުން އަދި ޖުމުލަ 7،915 މީހުން ވޯޓުލާން ޖެހޭނެ އެވެ. ވޯޓުލުމުގެ ކަންކަން މިއަދު ހަވީރު 04:00 އާއި ހަމައަށް މާލެ ސިޓީ އަދި އައްޑޫ ސިޓީ ހުޅުދޫ، މީދޫ އަދި ފޭދުގައި ކުރިއަށް ދާނެ އެވެ.

Advertisement

Advertisement 1

މާލެ ސިޓީއާއި އައްޑޫ ސިޓީގެ ތިން އަވަށުގައި ޖުމުލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާލޭ ސިޓީގައި ހަތް ފޮށި ބަހައްޓާފައިވާއިރު، އައްޑޫ ސިޓީ ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި އަދި ފޭދޫގައި ފަސް ފޮށި ވަނީ ބަހައްޓައިފަ އެވެ. މާލޭގައި ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލުގަ އެވެ.

އައްޑޫ ސިޓީ ހުޅުދޫ، މީދޫ އަދި ފޭދޫގައި ސިޓީ ކައުންސިލުން ވަކިވެފައިވާ ކައުންސިލްތަކެއް ހެދުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 9،576 މީހުންނަށެވެ. އެއީ އައްޑޫ ސިޓީ ހުޅުދޫއިން 2،874 މީހުންނާއި، މީދޫއިން 2،347 މީހުންނާއި، އަދި ފޭދޫއިން 4،355 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، އައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ހެދުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން ނިމުމާއެކު، ވޯޓު ގުނައި، އެ ފޮޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ އެވެ. މި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

49 ދުވަސް ކުރިން - 12:49

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

70 ދުވަސް ކުރިން - 20:59

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

88 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

88 ދުވަސް ކުރިން - 11:24

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

95 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

95 ދުވަސް ކުރިން - 10:25

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%