Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއް!

ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއް!

މުހައްމަދު ޖަމްޝަތު
265 ދުވަސް ކުރިން - 24 އޮކްޓޫބަރު 2025 22:45
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ ފްލެޓުތައް---ފޮޓޯ:ޚުލާސާ
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ ފްލެޓުތައް---ފޮޓޯ:ޚުލާސާ
ޚުލާސާ

މި ފަންޑުން ފައިނޭންސިން ފެސިލިޓީ ދޫކުރާނީ ގެދޮރުވެރިކަމުގެ މިލްކުވެރިކަން ނެތި އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް

ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހޮޔޮކޮށް ހޯދައިދިުމަށް ފަންޑެއް ގާއިމުކޮށްފި އެވެ.

މި ފަންޑު ގާއިމުކުރީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިހާރު ގެޒެޓުކޮށްފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިމް ސްކީމުގެ މައިގަނޑު މަގުސަދަކީ މާލެ ސަރަހައްދުގައި ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސިން އަގުހެޔޮކަށް ލިބޭނެ މަގުފަހި ކޮށްދިނުމެވެ.

މި ސްކީމާއި ސްކީމުގެ ފަންޑު ގާއިމުކޮށް ހިންގުމުގެ ކަންކަން އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމާ ބެހޭ ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

Advertisement

Advertisement 1

މި ގަވާއިދުގެ ދަށުން އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމާއި ސްކީމުގެ ފަންޑު ހިންގާނީ އެކަމަށް އެމްއެމްއޭއިން ކަނޑައަޅާ މާލީ އިދާރާއަކުންނެވެ. އަދި މި ފަންޑު މިހާރު ވަނީ ގަވާއިދާއެކު އުފެދިފަ އެވެ. މި ގަވާއިދުގައިވާ ގޮތުން އެމްއެމްއޭއިން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ކޮންމެ ބޭންކަކުން ވެސް، އެ ބޭންކަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ ފައިސާގެ ތެރެއިން 10-15 ޕަސެންޓުގެ އަދަދެއް ފަންޑަށް ދޫކުރަންޖެހޭނެ އެވެ.

މި ސްކީމްގެ ދަށުން މާލީ އެހީތެރިކަން ދޫކުރަނީ ދެ ފެސިލިޓީއެއްގެ ދަށުންނެވެ. އެއީ ޓައިޕް އޭ ފައިނޭންސިން ފެސިލިޓީ(ލީސް އެންޑިން ވިތް އޯނާޝިޕް ފެސިލިޓީ) އާއި ޓައިޕް ބީ ފައިނޭންސިން ފެސިލިޓީ(އެންޑް-ޔޫޒާ ފައިނޭންސިސް ފެސިލިޓީ)

ކޮންމެ ބާވަތެއްގެ ފައިނެންސިން ފެސިލިޓީއަށް ދޫކުރާނެ ފަންޑުގެ މިންވަރު، ކަނޑައަޅާނީ އެމްއެމްއޭއިން އިންނެވެ. އަދި އެމްއެމްއޭއިން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ކޮންމެ ފައިނޭންސިން ފެސިލިޓީއެއްގެ މުއްދަތަކީ މަދުވެގެން 25 އަހަރެވެ. އަދި ފެސިލިޓީ ނަގާ ފަރާތުން މި މުއްދަތަށްވުރެ ކުރު މުއްދަތެއް ހަމަޖައްސަން އެދި ހުށަހަޅައިފައިވާނަމަ، އެ މުއްދަތެއް ހަމަޖެއްސިދާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

މި ފަންޑުން ފައިނޭންސިން ފެސިލިޓީ ދޫކުރާނީ ގެދޮރުވެރިކަމުގެ މިލްކުވެރިކަން ނެތި އަލަށް ގެދޮރު ގަންނަ އަދި އެ އެމްއެމްއޭއިން ކަނޑައަޅާ އިތުރު ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ. ފަންޑުން ފައިނޭންސިން ފެސިލިޓީ ދޫކުރާނެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ފައިނޭންސިން ފެސިލީޓީތައް ލިބުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތުތައް ކަނޑައަޅައި އެމްއެމްއޭއިން އާންމުކުރާނެ އެވެ.

އެމްއެމްއޭ
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

1 ދުވަސް ކުރިން - 10:27

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

15 ދުވަސް ކުރިން - 07:35

ބޭންކް އޮފް މޯލްޑިވްސްއަށް އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ލިބިއްޖެ

އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ބީއެމްއެލްއަށް

15 ދުވަސް ކުރިން - 07:25

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަން ނިންމައިފި

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަނީ

21 ދުވަސް ކުރިން - 17:16

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

30 ދުވަސް ކުރިން - 10:51

މެލޭޝިއާއިން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އެމްއެމްއޭއިން ހުޅުވާލައިފި

މެލޭޝިއާއިން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އެމްއެމްއޭއިން ހުޅުވާލައިފި

31 ދުވަސް ކުރިން - 14:59