Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިނގިރޭސިވިލާތުގެ ގައުމީ އެއާލައިނަށް ވެސް އާ ޓާމިނަލުން ހިދުމަތްދޭން ފަށައިފި

އިނގިރޭސިވިލާތުގެ ގައުމީ އެއާލައިނަށް ވެސް އާ ޓާމިނަލުން ހިދުމަތްދޭން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
274 ދުވަސް ކުރިން - 24 އޮކްޓޫބަރު 2025 20:57
ބްރިޓިޝް އެއާވޭސްގެ ފްލައިޓުން މިއަދު ވަނީ 122 ފަސިންޖަރުން ރާއްޖެ އައިސްފައި. / ފޮޓޯ: އެމްއޭސީއެލް
ބްރިޓިޝް އެއާވޭސްގެ ފްލައިޓުން މިއަދު ވަނީ 122 ފަސިންޖަރުން ރާއްޖެ އައިސްފައި. / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މި އެއާލައިނާއެކު އާ ޓާމިނަލުން ހިދުމަތްދޭން ފެށި އެއާލައިންތަކުގެ އަދަދު މިވަނީ 13 އަށް އަރާފައި.

ޖުލައި މަހު 26 ގައި ހުޅުވި ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލުން އިނގިރޭސީވިލާތުގެ ގައުމީ އެއާލައިން ކަމަށްވާ ބްރިޓިޝް އެއާވޭސް އަށް ހިދުމަތްދޭން ފަށައިފި އެވެ. މި އެއާލައިނަށް ހިދުމަތްދޭން ފެށުން ފާހަގަކުރުމަށް ވެލާނާ އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ.

މިއަދު ހެނދުނު ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިނގިރޭސީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައި ކޮމިޝަނަރު ތައުފީގު ވައްހާބު އެވެ. ބްރިޓިޝް އެއާވޭސްގެ އެއާޕޯޓް މެނޭޖަރު މުހައްމަދު ނިހާން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

މި ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި އެ ފުލައިޓުން ދަތުރުކުރި 126 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެ އެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި އެ އެއާލައިނުގެ ފުރަތަމަ މަތިންދާބޯޓު BA061 އިން ރާއްޖެ އައި 122 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

Advertisement

Advertisement 1

ބްރިޓިޝް އެއާވޭސް ގެ ދަތުރުތައް ރާއްޖެ ފަށާފައިވަނީ 2009 ވަނަ އަހަރު އޮކްޓޫބަރު މަހު 26 ގައެވެ. މި އެއާލައިނަކީ އިނގިރޭސީވިލާތުގެ ގައުމީ އެއާލައިނެވެ.

މި އެއާލައިންގެ ހިދުމަތް ޓާމިނަލް 1 އަށް ބަދަލުކުރުމާއެކު އެ ޓާމިނަލުން ހިދުމަތްދޭ އެއާލައިންތަކުގެ އަދަދު މިވަނީ 13 އަށް އަރާފަ އެވެ. އެ އެއާލައިންތަކަކީ؛

  1. މޯލްޑިވިއަން (ދިވެހިރާއްޖެ)
  2. އެއާ އަރަބިއާ (ސައުދީ އަރަބިއާ)
  3. ބިއޯންޑް (ޔުނައިޓްޑް އަރިބި އެމިރޭޓްސް، ދުބާއީ)
  4. ފިޓްސް އެއާ (ސްރީލަންކާ)
  5. ބެއިޖިންގ ކެޕިޓަލް އެއާލައިންސް (ޗައިނާ)
  6. ބަޓިކް އެއާ (މެލޭޝިއާ)
  7. ބެންގްކޮކް އެއާވޭސް (ތައިލެންޑް)
  8. އިންޑިގޯ (އިންޑިއާ)
  9. ގަލްފް އެއާ (ބަހްރެއިން)
  10. މެލޭޝިއާ އެއާލައިންސް (މެލޭޝިއާ)
  11. ސައުދިއާ އެއާލައިންސް (ސައުދީ އަރަބިއާ)
  12. ޗޮންޗިން އެއާލައިންސް (ޗައިނާ)

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެ އަށް ދަތުރުކުރާ ހުރިހާ އެއާލައިންތަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

ޓާމިނަލް 1 ހުޅިވާފައިވަނީ މިއަަހަރު ޖުލައި މަހު 26 ގައެވެ. މި ޓާމިނަލުން އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްވެލާނާ އެއާޕޯޓް ޓާމިނަލް 1އެމްއޭސީއެލްއިނގިރޭސީވިލާތް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ވެލާނާ އެއަރޕޯޓުގެ ކާގޯ ހިދުމަތްތައް އެމް.އޭ.ސީ.އެލް އިން ދައްކާލައިފި

ވެލާނާ އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ދައްކާލައިފި

4 ދުވަސް ކުރިން - 18:05

އާޖެންޓީނާ ސަޕޯޓަރުން އިނގިރޭސި ދިދައަށް އިހާނެތިކޮށް ހިތި ވީޑިއޯތަކެއް އާންމުވެއްޖެ

އާޖެންޓީނާ ސަޕޯޓަރުން އިނގިރޭސި ދިދައަށް އިހާނެތިކޮށް ހިތި ވީޑިއޯތަކެއް އާންމުވެއްޖެ

9 ދުވަސް ކުރިން - 19:57

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

10 ދުވަސް ކުރިން - 02:25

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް ފަށަން ރާވައިފި

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް!

17 ދުވަސް ކުރިން - 18:47

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

20 ދުވަސް ކުރިން - 14:19

މެކްސިކޯ ސިޓީގައި އިނގިރޭސި ޓީމަށް ގޮންޖެހުންތަކެއް: ސަޕޯޓަރުންގެ އުނދަގުލާއި މޫސުމީ ބިރުވެރިކަން

މެކްސިކޯ ސިޓީގައި އިނގިރޭސި ޓީމަށް ގޮންޖެހުންތަކެއް: ސަޕޯޓަރުންގެ އުނދަގުލާއި މޫސުމީ ބިރުވެރިކަން

21 ދުވަސް ކުރިން - 23:27