Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގައުމީ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމުގެ މަޝްވަރާތައް މާލޭގައި ފަށައިފި

ގައުމީ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމުގެ މަޝްވަރާތައް މާލޭގައި ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
312 ދުވަސް ކުރިން - 23 އޮކްޓޫބަރު 2025 18:03
"ސެކްޓޯރަލް ރައުންޑްޓޭބަލް"ގެ ނަމުގައި އުމަރު ޒާހިރު ބިލްޑިންގައި ކުރިއަށް ގެނދިޔަ ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: ވިލުންތެރި ރާއްޖެ 2045
"ސެކްޓޯރަލް ރައުންޑްޓޭބަލް"ގެ ނަމުގައި އުމަރު ޒާހިރު ބިލްޑިންގައި ކުރިއަށް ގެނދިޔަ ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: ވިލުންތެރި ރާއްޖެ 2045
ޚުލާސާ

ބައްދަލުވުންތައް މިހާތަނަށް ރާއްޖޭގެ 20 އަތޮޅެއްގައި ވަނީ ކާމިޔާބުކަމާއެކު ބާއްވާފައި. މިއީ ކުރިޔަށް އޮތް 20 އަހަރު ރާއްޖެ އޮންނަން ބޭނުންވާގޮތުގެ ތަސައްވުރު އެކުލަވާލުމަށް ގެންދާ ޕްރޮގްރާމެއް.

ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށްޓަކައި ސަރުކާރުން "ވިލުންތެރި ރާއްޖެ 2045" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ބައްދަލަވުންތައް މާލޭގައި ފަށައިފި އެވެ.

ހިޔާލާއި މަޝްވަރާ ހޯދުމަށް މި ބައްދަލުވުން ކުރިއަށް ގެންދަނީ ވަށް މޭޒެއްގައި "ސެކްޓޯރަލް ރައުންޑްޓޭބަލް" މި ނަމުގައެވެ. ހާއްސަ ގޮތެއްގައި ތައުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި، ތިމާވެއްޓާއި އަދި އެހެނިހެން ގިނަ ދާއިރާތަކުގެ ފަންނީ ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެ އެ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ އެއްކޮށް މި ތަރައްގީގެ ޕްލޭންގައި އެކުލަވާލާނެ އެވެ. މުހިންމު 62 މައުޟޫއީ ދާއިރާއަކަށް ލަފައާއި އިރުޝާދު ހޯދުމަށް ބާއްވާ މި ބައްދަލުވުމުން އިއްޔެ ފަށާފައިވަނީ އުމަރު ޒާހިރު ބިލްޑިންގައި ގާއިމްކޮށްފައިވާ "ވިލުންތެރި ރާއްޖެ އޮފީސް" ގައެވެ.

ނޮވެމްބަރު މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމައި އެންމެ ފުރަތަމަ މަޝްވަރާކޮށް ހިޔާލު އެއްކުރެވިފައިވަނީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭ ގޮތުންނެވެ.

Advertisement

Advertisement 1

މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ނެކްސިޔާ މޯލްޑިވްސް" ގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވުމުގު ފުރުސަތު އޮންނާނެ އެވެ.

"ކުރިމަގު ސައްލާ" ގެ ނަމުގައި ރާއްޖޭގެ އަތޮޅުތަކުގައި މިހާރުވެސް މަޝްވަރާ ބައްދަލުވުންތައް ކުރިއަށް އެބަދެ އެވެ. ނެކްސިޔާ އިން ބުނެފައިވާ ގޮތުގައި ރަށްރަށުގައި ބާއްވަމުންގެންދާ ބައްދަލުވުންތަކުގައި ތަރައްގީގެ ޕްލޭނަށް ބޭނުންވާ މުހިންމު ގިނަ މައުލޫމާތުތަކެއް ދަނީ އެއްކުރެވެމުންނެވެ. އެގޮތުން ރައްޔިތުން އެންމެ ބޭނުންވާ ކަމަކީ އަތޮޅުތަކުގެ ރަށްތަކުގެ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ލޯކަލް އިގްތިސާދު ހަރުދަނާކޮށް މިހާރަށްވުރެ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދީ، އިޖުތިމާއީ އެއްބައިވަންތަކަން މިހާރަށްވުރެ އިތުރުކޮށް އަދި ވަކިވަކި ރައްކާތެރިކަން ކަށަވަރުކޮށް ގުދުރަތީ މާހައުލު ހިމާޔަތްކޮށް ވެއްޓަަށް ގެއްލުން ނުވާނެ ގޮތަކަށް ތަރައްގީ ދެމެހެއްޓެނިވި ޕްލޭން އެކުލަވާލުން ކަމަށްވެސް ނެކްސިޔާ އިން ބުނެފައިވެ އެވެ.

މި ބައްދަލުވުންތައް މިހާތަނަށް ރާއްޖޭގެ 20 އަތޮޅެއްގައި ވަނީ ކާމިޔާބުކަމާއެކު ބާއްވާފަ އެވެ. މި ބައްދަލުވުންތަކުގައި އެއްކުރެވޭ ހިޔާލާއި މަޝްވަރާ އެއްކޮށް ކުރިއަށް އޮތް 20 އަހަރު، ރައްޔިތުން ރާއްޖެ އޮންނަން ބޭނުންވާގޮތުގެ ތަސައްވުރު އެކުލަވާލައި، އެއަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭންވިލުންތެރި ރާއްޖެ 2045ނެކްސިޔާ މޯލްޑިވްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ތަރައްގީގެ މާސްޓަ ޕްލޭން ޖެނުއަރީ މަހު ތައާރަފް ކުރަނީ

ގައުމީ ތަރައްގީގެ މާސްޓަ ޕްލޭން 2026ގައި ތައާރަފްކުރަނީ

358 ދުވަސް ކުރިން - 17:00

ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ބައިނަލްއަގުވާމީ ކޮންސަލްޓެންސީ ފާމެއް ހޯދަނީ

ތަރައްގީގެ ޕްލޭނަށް ކޮންސަލްޓެންޓެއް ހޯދަން އަނެއްކާވެސް އިޢުލާންކޮށްފި

623 ދުވަސް ކުރިން - 11:23

ރާއްޖޭގެ ތަރައްޤީ ކަށަވަރު ކުރަން ބޭނުންވާނަމަ ޑްރަގުގެ ވަބާއަށް ހައްލެއް އަންނަން ޖެހޭ: ރައީސް

ޑްރަގުގެ ވަބާއަށް ހައްލެއް އަންނަން ޖެހޭ: ރައީސް

663 ދުވަސް ކުރިން - 14:37

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި އޭއައި ބޭނުންކުރަންޖެހޭ - ރައީސް ޑރ. މުޢިއްޒު

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި އޭއައި ބޭނުންކުރަންޖެހޭ

663 ދުވަސް ކުރިން - 11:30

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ތަންފީޒު ކުރުމަށް ޤާނޫނަށް މާއްދާއެއް އިތުރުކުރާނަން: މިނިސްޓަރ ހައިދަރު

ވިހިއަހަރުގެ ޕްލޭން ތަންފީޒު ކުރުނަށް ޤާނޫނަށް މާއްދާއެއް

663 ދުވަސް ކުރިން - 11:16

ތިމާވެށީގެ ކަންކަމުގައި ދުނިޔޭގެ ލެވެލްގައި އެންމެ ލީޑްކުރާ ޤައުމަށް ރާއްޖެ ވާންޖެހޭ - ރައީސް ޑރ. މުޢިއްޒު

"މޫސުމީ ކަންކަމުގައި އެންމެ ލީޑުކުރަން ޖެހޭނީ ދިވެހިރާއްޖެއިން"

663 ދުވަސް ކުރިން - 10:52