Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ހެވީލޯޑްގެ ރަށްތައް ވިއްކާލަން ސިވިލް ކޯޓުން ބީއެމްއެލްއަށް ދިން ހުއްދަ ހައިކޯޓުން ބާތިލުކޮށްފި

މުހައްމަދު ޖަމްޝަތު
366 ދުވަސް ކުރިން - 23 އޮކްޓޫބަރު 2025 17:04
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު---ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު---ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

މި ތިން ރަށަކީ ރީކޯ މޫސަ 2016 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއިން ނެގި 11 މިލިއަން ޑޮލަރުގެ ލޯނަކަށް ރަހުނުކުރި 3 ރަށް

ބޭންކް އޮފް މޯލްޑިވްސް އިން ނެގި ލޯނެއް ނުދައްކައިގެން ހެވީލޯޑް މޯލްޑިވްސްގެ ތިން ރަށެއް ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސިވިލް ކޯޓުން ދިން ހުއްދަ ހައިކޯޓުން އިއްޔެ ބާތިލުކޮށްފި އެވެ.

ހެވީ ލޯޑަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ކުންފުންޏެކެެވެ. ބޭންކް އޮފް މޯލްޑިވްސް ގެ ފަރާތުން ހެވީލޯޑްއަށް 11 މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފައިވަނީ 18 ޑިސެންބަރު 2016 ގަ އެވެ. މި ލޯނާ ގުޅިގެން ”ލ.ފަރެސް“ ގައިވާ ބިން އަދި ހަދަމުންދާ ރިސޯޓުގެ ހެޑްލީސް ރައިޓް އާއ،ި ”ލ.ބޮޑުހުރާ“ ގެ ހެޑްލީސް ރައިޓް އާއި ”ލ. ކުޑަފަރެސް“ ގެ ހެޑްލީސް ރައިޓް ބީއެމްއެލްއަށް ވަނީ ރަހުނު ކޮށްފަ އެވެ.

ލޯނު އެއްބަސްވުމާ އެއްގޮތަށް ހެވީ ލޯޑްއިން ބީއެމްއެލްއަށް ފައިސާ ނުދައްކާކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ދަރަނި ސާބިތުވާކަމަށް ކަނޑައަޅައި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ހެވީލޯޑްގެ މައްޗަށް 13 ޖަނަވަރީ 2020 ގައި ކުރި ހުކުމާއެއްގޮތަށް ހެވީލޯޑްއިން ފައިސާ ދައްކާފައިނުވާތީ، ތަންފީޒީ މައްސަލައެއް ބީއެމްއެލްގެ ފަރާތުން ހުށަހެޅުމުން އެ ތިން ރަށް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބީއެމްއެލްއަށް އޮތީ ދީފަ އެވެ. ސިވިލް ކޯޓުގެ މި ނިންމުން ހެވީލޯޑްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ އިއްޔެ އެވެ.

Advertisement

Advertisement 1

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގައި ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ސާފު އިޖުރާއަތު ބަޔާންކޮށްފައިވާ ކަމަށާއި، ސިވިލް ކޯޓަށް ރަހުނުކޮށްފައިވާ މުދާ ދެފަރާތުންވެސް އަގުކޮށް ހުށަހެޅިކަމާއ،ި އެ އަގުތަކުގައި ބޮޑު ފަރަގެއް ހުރިކަމާމެދު ހެވީލޯޑްއިން އަދި ބީއެމްއެލްގެ މެދުގައި ހިލާފެއް ނެތް ކަމަށެވެ.

އަދި ޝަރުއީ އަގު ކޮމިޓީގެ މަސައްކަތް ނުފެށި ލަސްވެ ދެ އަހަރާއި ހަތް މަސް ފާއިތުވެފައިވާއިރު، އެއީ ބީއެމްއެލްއަށް ގެއްލުން ލިބޭ ކަމެއް ކަމަށް ވާތިީ، ބީއެމްއެލްއިން ހުށަހެޅި އަގުތަކަށް ރިއާޔަތްކޮށް ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ސިވިލް ކޯޓުން ނިންމާފައިވާއިރު، ޝަރުއީ އަގުކޮމިޓީއަށް ރަހުނު މުދާ އަގުނުކުރެވި ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވަނީ ހެވީލޯޑްގެ އެއްވެސް އިހުމާލެއް އޮވެގެންކަން ނުވަތަ އެފަރާތުން ކުރަންޖެހޭ ކަމެއް ނުކޮށްގެންކަން ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި ނުވާކަން ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ސިވިލް ކޯޓުން ރަހުނު ވިއްކުމުގެ ހުއްދަ ދީފައިވާއިރު ރަހުނުތައް ވިއްކާލުމުގެ ވަކި ތަރުތީބެއް ކަނޑައަޅާފައިވެސް ނެތްކަން ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ.

ބޭންކުން ހުށަހެޅި އަގަށް ރިއާޔަތްކޮށް ރަހުނު ވިއްކާލުމުގެ ހުއްދަ ދޭން ސިވިލް ކޯޓުން ނިންމާފައިވީ ނަމަވެސް، ހައި ކޯޓުގެ ހުކުމުގައިވަނީ ހަސްމުންގެ އެއްވެސް އިހުމާލެއް ނެތި، ޝަރުއީ އަގު ކޮމިޓީން މުދާ އަގުކުރުމުގައި ލަސްތަކެއްވާ ނަމަ، ކޯޓުން ކުރަންޖެހޭ ކަމަކީ އެ މަސައްކަތް އަވަސް ކުރުވުން ކަމަށެވެ.

"ހަސްމުންގެ އިހުމާލެއް ނެތް ހާލަތުގައި އެކަން ނުކުރެވުނު ކަމަށް ބަޔާންކޮށް މަދަނީ އިޖުރާއަތު ފުރިހަމަ ކުރުމެއް ނެތި ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަކީ ރަނގަޅު ގޮތެއް ކަމުގައި ބެލެވޭކަށް ނެތް،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ، ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

ބީއެމްއެލްހައިކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ބީއެމްއެލްގެ އެހީގައި ހޯޑެއްދޫ "ޓޫނާ ޖާކީ" ވިޔަފާރި 80 ފިހާރައަށް ފުޅާކޮށްފި

ބީއެމްއެލްގެ އެހީގައި ހޯޑެއްދޫ "ޓޫނާ ޖާކީ" ވިޔަފާރި 80 ފިހާރައަށް ފުޅާކޮށްފި

10 ދުވަސް ކުރިން - 14:54

ދުނިޔޭގެ އެންމެ ހިންގުންތެރި 500 ބޭންކުގެ ތެރޭގައި ބީއެމްއެލް ހިމެނިއްޖެ

ދުނިޔޭގެ އެންމެ ހިންގުންތެރި 500 ބޭންކުގެ ތެރޭގައި ބީއެމްއެލް ހިމެނިއްޖެ

11 ދުވަސް ކުރިން - 12:17

"އީ-ކޮމާސްއަށް އެޅިފައިވާ ހުރަސްތައް ކުރީގެ ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ދަނީ ކުރަމުން"

11 ދުވަސް ކުރިން - 11:07

އިންޒެކް 2026 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް މިއަހަރުވެސް ބީއެމްއެލް ހަމަޖައްސައިފި

އިންޒެކް 2026 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް މިއަހަރުވެސް ބީއެމްއެލް ހަމަޖައްސައިފި

19 ދުވަސް ކުރިން - 11:08

އިންޓެލިޖެންސް އޮފިސަރުންގެ ހެކިބަސް ސިއްރުކުރުމާމެދު އަލުން ގޮތެއް ނިންމަން އަންގައިފި

އިންޓެލިޖެންސް އޮފިސަރުންގެ ހެކިބަސް ސިއްރުކުރުމާމެދު އަލުން ގޮތެއް ނިންމަން އަންގައިފި

39 ދުވަސް ކުރިން - 10:45

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

48 ދުވަސް ކުރިން - 16:18