Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވަގުފު ބިނާއިން އަހަރެއްގެ މައްޗަށް 10 މިލިއަން އިސްލާމިކް ވަގުފު ފަންޑަށް ލިބޭނެ: މިނިސްޓަރު ޝަހީމް

ވަގުފު ބިނާއިން އަހަރެއްގެ މައްޗަށް 10 މިލިއަން އިސްލާމިކް ވަގުފު ފަންޑަށް ލިބޭނެ: މިނިސްޓަރު ޝަހީމް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
312 ދުވަސް ކުރިން - 23 އޮކްޓޫބަރު 2025 13:09
ދާރުލްއަރްގަމް އިމާރާތުގެ ކުރެހުމެއް. ދާރުލްއަރްގަމްގެ އިތުރުން ދާރުއްސަލާމްގެ ނަމުގައި ހުޅުމާލޭގައިވެސް ވަގުފު އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ--- ފޮޓޯ: އެކްސް (ޑރ. ޝަހީމް)
ދާރުލްއަރްގަމް އިމާރާތުގެ ކުރެހުމެއް. ދާރުލްއަރްގަމްގެ އިތުރުން ދާރުއްސަލާމްގެ ނަމުގައި ހުޅުމާލޭގައިވެސް ވަގުފު އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ--- ފޮޓޯ: އެކްސް (ޑރ. ޝަހީމް)
ޚުލާސާ

މި މަޝްރޫއުތައް ނިމުމުން އިސްލާމީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރޭ

ރާއްޖޭގައި ގާއިމުކުރާ ދެވަނަ ވަގުފު ބިނާއިން އަހަރަކު 10 މިލިއަން އިސްލާމިކް ވަގުފު ފަންޑަށް ލިބޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މި މޭރުމުން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ދެވަނަ ޒަމާނީ ވަގުފު ބިނާ (ދާރުލްއަރްގަމް)ގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި މި މަހުގެ 26 ވަނަ ދުވަހު ސޮއިކުރުމަށް ހަމަޖެހިފައިިވާ ކަމަށެވެ. އަދި މިތަނުން އަހަރަކު 10 މިލިއަން އިސްލާމިކް ވަގުފު ފަންޑަށް ލިބޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement 1

ދާރުލްއަރްގަމްގެ އިތުރުން ދާރުއްސަލާމްގެ ނަމުގައި ހުޅުމާލޭގައިވެސް ވަގުފު އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ދާރުއްސަލާމް އިމާރާތުން އަހަރަކު 50 މިލިއަން ވަގުފު ފަންޑަށް ލިބޭނެކަމަށް ސަރުކާރުން ލަފާކުރެ އެވެ. މާލޭ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަގުފު މަޝްރޫއުއެއް ފެށުމަށް ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

ވަގުފު މަޝްރޫއުތަކަކީ އިސްލާމީ ދާއިރާއިން ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއުތަކެވެ.

މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

22 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

120 ދުވަސް ކުރިން - 15:01

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

125 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

131 ދުވަސް ކުރިން - 12:52